އަލަތު ކައިވެނީގެ ފްލެޓާއި ކުޅުމަކީ ޞާލިހު ވެރިކަމުގައި ބޮޑު ރެނދެއް ލާނެކަމެއް ކަމުގައި “އާއްމުންގެ އެކުވެރި ގުޅުން” ބުނެފިއެވެ.
ޒުވާނުންގެ ބޮލަށް ފައިންޕުޅުން އަރުއްވައި، އަލަތު ކައިވެނީގެ ފްލެޓާއި ކުޅުއްވުން އެއީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަމުގައި ބޮޑު ރެނދެއް ލާނެ ވަރުގެ ކަމެއްކަމަށާއި، އެއީ ފްލެޓު ކޮމެޓީން 5 ޕޮއިންޓު ދޭ ވަރުގެ ބޮޑު ރެނދެއްކަމަށްވެސް އާއްމުންގެ އެކުވެރި ގުޅުމުން ބުނެފައިވެއެވެ.
ފްލެޓްތަކުގެ ހައްގުވެރިންނަށް ފްލެޓް ހޯދައިދިނުމަށް ވަކާލަތުކުރާ އަމިއްލަ ޖަމިއްޔާ " އާއްމުންގެ އެކުވެރި ގުޅުން" އިން މިހެން ބުނެފައި މިވަނީ، ހިޔާ މަޝްރޫޢޫގެ ދަށުން ފްލެޓު ދިނުމަށް ކުރީ ސަރުކާރުން ކަނޑައެޅި ތިން ކެޓަގަރީއެއްގެ ފޯމްތައް ބާޠިލްކޮށް ފްލެޓް ނުދިނުމަށް ސަރުކާރުން ނިންމުމާއި ގުޅިގެންނެވެ. އެޖަމްޢިއްޔާއިން ބުނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ގެއްލުވާލީ 993 އަލަތު ކައިވެނީގެ ފްލެޓްކަމަށާއި، އެއީ އަލަށް ކައިވެނި ކުރި 1،986 ޒުވާނުންގެ އުންމީދުކަމަށެވެ.
"ތިވަނި ތިހެން ތިބެ ގައްދާރޭ ވަތަނުން ރައްކާވޭ ރައްޔިތުން ރަތަށް އަރާނޭ، ކައްކާ ލޭ ތިވަނީ ގައްދާރޭ ވަރަށް ނުރައްކާއޭ"
– އާއްމުންގެ އެކުވެރި ގުޅުން
ރައީސް @ibusolih
މިއަދު ތި ގެއްލުވާލީ 993 އަލަތު ކައިވެނީގެ ފްލެޓެވެ
އަލަށް ކައިވެނި ކުރި 1،986 ޒުވާނުންގެ އުންމީދެވެ
"ތިވަނި ތިހެން ތިބެ ގައްދާރޭ
ވަތަނުން ރައްކާވޭ
ރައްޔިތުން ރަތަށް އަރާނޭ، ކައްކާ ލޭ
ތިވަނީ ގައްދާރޭ
ވަރަށް ނުރައްކާއޭ" @SymbolicRecords— Commoners Friendship Association (@AEG_Mv) February 18, 2021
ކުރީ ސަރުކާރުން ފްލެޓް ދޭނެކަން ކަށަވަރުކޮށްދެއްވާފައިވާ ތިން ކެޓަގަރީއަކުން ފްލެޓް ނުދިނުމަށް ސަރުކާރުން ނިންމާފައިވާއިރު، އެ ކެޓަގަރީތަކުގެ ތެރޭގައި ހިމެނެނީ:
- H11 (18 އަހަރާ 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ޚާއްސަ (1 ކޮޓަރި))
- H13 (މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްސަ (1 ކޮޓަރި))
- H15 (އަލަތު ކައިވެނިކޮށްގެން އުޅޭ ޒުވާނުންނަށް ޚާއްސަ (1 ކޮޓަރި))
“ކޮތަރު ކޮށި” ގްރޫޕުން “އާއްމުންގެ އެކުވެރި ގުޅުން” ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ މިޖަމްއިއްޔާއަކީ އާއްމު ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމާއި މިނޫންވެސް އިޖުތިމާއީ މައްސަލަތަކުގައި އާއްމުންގެ އަޑު އުފުލުމެވެ. މިފަދަ މައްސަލަތަކުގައި އާއްމުންނަށް އެކުވެރިކަމާއެކު އިދާރާތަށް ޖަވާބުދާރީ ކުރުވުމަށް މަސައްކަތްކުރާނެ މާހައުލެއް ހޯދައިދިނުމަކީ ވެސް ޖަމިއްޔާގެ މަޤުޞަދެކެވެ.
ޒުވާނުންގެ ބޮލަށް ފައިންޕުޅުން އަރުއްވައި، އަލަތު ކައިވެނީގެ ފްލެޓާއި ތިޔަހެން ކުޅުއްވުން އެއީ @ibusolih ވެރިކަމުގައި ބޮޑު ރެނދެއް ލާނެ ވަރުގެ ކަމެކެވެ. ފްލެޓު ކޮމެޓީން 5 ޕޮއިންޓު ދޭ ވަރުގެ ބޮޑު ރެނދެކެވެ. pic.twitter.com/a98kahEqUa
— Commoners Friendship Association (@AEG_Mv) February 18, 2021
ތިން ކެޓަގަރީއަކުން ފްލެޓު ނުދިނުމަށް މިސަރުކާރުން ނިންމުމާއި ގުޅިގެން ވަރަށް ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ. އެއް ކޮޓަރީގެ ފްލެޓްތައް ނުދިނުމަށް މި ސަރުކާރުން ނިންމާފައިވާއިރު، ކުރީ ސަރުކާރުން ފްްލެޓްތައް ދިނުމަށް ނިންމާފައިވަނީ ގޯސްކޮށްކަމަށް ބުނެ، މިސަރުކާރުން ވަނީ ފްލެޓްތަކުގެ މައްސަލަތައް ބެލުމަށް ކޮމިޓީއެއް އެކުލަވާލާފައެވެ. އަދި އެ ކޮމިޓީން ފެލެޓްތަކުގެ މައްސަލަތައް ބަލައި ދެކޮޓަރީގެ ފްލެޓްތަކުގެ ތެރެއިން މިހާރު ވަނީ ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް ޢާންމުކޮށްފައެވެ.
ނަމަވެސް މިސަރުކާރުން ފެލެޓް ދީފައިވަނީ ސަރުކާރައި ގާތް މީހުންނަށްކަމަށާއި، އެންމެ ހާލުގައި ދިރިއުޅޭ އަދި ފްލެޓް ހައްގުވާ އެތައް ބަޔަކަށް ފްލެޓް ދީފައި ނުވާކަމުގެ ކަންބޮޑުވުމާއި ޝަކުވާާ ބައެއް ފަރާތްތަކުން ދަނީ ކުރަމުންނެވެ. އެކަމާއި ގުޅިގެން އިދިކޮޅުން ދަނީ ސިލްސިލާ މުޒާހަރާތައްވެސް ކުރަމުންނެވެ.
އަދި މިސަރުކާރަށް ތާޢީދުކުރާ ބައެއް ފަރާތްތަކުން ވަނީ ބޯހިޔާވަހިކަމަށް ހައްލެއް ގެނެވޭނީ “ހިޔާ” މަޝްރޫޢު ކުރިއަށް ގެންދިއުމުގައި އިސްކޮށް އުޅުއްވި ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒުއަކަމަށް ބުނެ މާލޭގެ މޭޔަރުކަމަށް މުޢިއްޒުއަށް ތާޢީދުކުރުމަވެސް ނިންމާފައިވެއެވެ.
ކޮމެންޓު ފޮނުވާ