ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ވެރިން ޖަވާބުދާރީކުރުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު އަދި އިދިކޮޅި ޕީއެންސީގެ ނާއިބު ރައީސް މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ސަޢީދު މިހެން ވިދާޅުވީ، ރޭ އެމްޕީގެ އޮފީހުގައި ބޭއްވި އެޕާޓީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އެޗްޕީއޭގެ ގައިޑްލައިނާއި ޚިލާވްފެފައިވާކަމަށް ބުނާ މައްސަލައަށް އިޝާރާތްކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.
ރޭ ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ރައީސް ޞާލިޙައި ރައީސް ނަޝިދު ވަނީ މާސް ނާޅުއްވާ އެއްބޭފުޅަކު އަނެއްބޭފުޅަކާއި ވަރަށް ކައިރީގައި ތިއްބަވައިގެން ވާހަކަފުޅު ދައްކަވާފައެވެ. މެންބަރު ސަޢީދު ވަނީ، ޤައުމުގެ ދެބާރެއްގެ ވެރިން އެޗްޕީއޭގެ ގައިޑްލައިނާއި ޚިލާފްވުމަކީ، އެއީ ނިކަމެތި އެތައް ހާސް އާއިލާއަކަށް ކުރާ މަލާމާތެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. ސަޢީދު ވިދާޅުވީ، ގައިޑްލައިން ހަދަނީ ސިޔާސީ ބޭނުމަކަށްކަން އެ ފޮޓޯއިން ބުނެދޭކަމަށެވެ. އަދި އެތައް ހާސް އާއިލާއެއް އަދި ވިޔަފާރިއެއް ނިކަމެތިކުރަމުން ދިއުމަކީ ބޮޑު އަނިޔާއެއްކަމަށާއި، އެޗްޕީއޭގެ ވެރިން ޖަވާބުދާރީ ކުރުވާނެކަމަށްވެސް ސަޢީދު ވިދޅުވިއެވެ.
މިއީ އެޗްޕީއޭ، ނިކަމެތި އެތައް ހާސް އާއިލާއަކަށް ކުރާ މަލާމާތެއް. ގައިޑްލައިން ހަދަނީ ސިޔާސީ ބޭނުމަކަށްކަން މި ފޮޓޯ ބުނެދޭ. އެތައް ހާސް އާއިލާއެއް އަދ/ވިޔަފާރިއެއް ނިކަމެތިކުރަމުން ދިއުމަކީ ބޮޑު އަނިޔާއެއް. އެޗްޕީއޭގެ ވެރިން އެކައުންޓެބަލަ ކުރުވާނަން.
– ރައީސްއާއި، އެޗްޕީއޭ އަދި ޑރ.ނަޒްލާ ޓެގްކުރައްވާ ސަޢީދު ވިދާޅުވިއެވެ.
އެޗްޕީއޭއިން މިދިޔަ އަހަރުގެ ޑިސެމްބަރ 18 ވަނަ ދުވަހުޢާންމުކޮށްފައިވާ ގައިޑްލައިންގައި ވަނީ އެއްތަނުގައި މަސައްކަތް ކުރާ މީހުން އަބަދުވެސް އަނގަޔާއި ނޭފަތް ނިވާވާގޮތައް މާސްކް އެޅުމާއި މާސްކް އެޅުމުގެ އުސޫލުތަކާއި އެއްގޮތަށް އަމަލު ކުރަން ޖެހޭނެކަމަށެވެ. އަދި ތަނަށްވަދެ ނިކުމެ އުޅުމުގައާއި، ތަނުގެ ތެރޭގައި މަދުވެގެން ތިން ފޫޓުގެ ގައިދުރުމިން ބެހެއްޓޭ ގޮތަށް އިންތިޒާމުކޮށް ބަލަހައްޓަން ޖެހޭނެކަމަށްވެސް ގައިޑްލައިންގައިވެއެވެ.
ކޮމެންޓު ފޮނުވާ