ދިއާ ކައިވެނި ކުރަނީ !؟

ދިއާ ކައިވެނި ކުރަނީ !؟

Author
ޢަލީ އާދަމް
13 ފެބްރުއަރީ 2021 07:21
0

ބޮލީވުޑްގެ ތަރި ދިއާ މިރްޒާ އާއި އޭނާގެ ލޯބިވެރިޔާ ކަމަށް މިދިޔަ އަހަރު އަޑު ފެތުރުނު ވިޔަފާރިވެރިޔާ ވައިބަވް ރޭކީ ކައިވެނިކުރަން އުޅޭކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ފިލްމު ފެއަރއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިދެމީހުން ފެބުރުވަރީ 15 ވާ ހޯމަދުވަހު ކައިވެނިކުރުމަށް ދަނީ ތައްޔާރު ވަމުންނެވެ. ނަމަވެސް މިކަން ދެފަރާތުންކުރެ އެއްފަރާތަކުންވެސް އަދި މިހާތަނަށް ޔަގީންކޮށްދީފައެއް ނުވެއެވެ.

ރިޕޯޓުތައް ބުނާގޮތުގައި ހާލަތަށް ރިޢާޔަތްކޮށް ކައިވެނީގެ ރަސްމިއްޔާތު ބާއްވަން ހަމަޖެހިފައި ވަނީ ހަމައެކަނި އާއިލާގެ މެމްބަރުންނާ އެކު ގޭގައި ވަރަށް ކުޑަކޮށެވެ. އެގޮތުން ކައިވެނީގެ ރަސްމިއްޔާތުގައި ބައިވެރި ވަނީ އެންމެ ފަންސާހަކަށް މީހުން ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ވައިބަވް އާގުޅޭ މާބޮޑު މަޢުލޫމާތެއް މީޑިއާތަކަށް އަދި ތިލަވެފައި ނެތް ނަމަވެސް، އޭނާ އަކީ މުމްބާއީގެ ޕާލީ ހިލްސް ގައި ދިރިއުޅޭ ވިޔަފާރިވެރިއެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. ޕާލީ ހިލްސް އަކީ ބޮލީވުޑްގެ ގިނަ ސެލެބްރިޓީންނާއި މުމްބާއީގެ ވިޔަފާރިވެރިން އާންމުކޮށް ދިރިއުޅޭ ސަރަހައްދެކެވެ.

ދިއާ މީގެ ކުރިންވެސް ކައިވެންޏެއް ކޮށްފައިވެއެވެ. އެ ކައިވެނި ރޫޅާލީ 2019 ވަނަ އަހަރުއެވެ.

"ފިލްމު ރެހެނާހެ ތެރޭ ދިލަމޭ" އާއި ލަގޭރަހޯ މުންނާ ބާއީ" އިން ބެލުންތެރިންގެ މަގްބޫލުކަން ހޯދި ދިއާ 2 އަހަރު ދުވަހު ފިލްމީދާއިރާ އާ ދުރުގަ ހުރުމަށްފަހު 2018 ވަނަ އަހަރު ބަނީ ކާމިޔާބު ފިލްމު "ސަންޖޫ" އިން ފެނިގެންގޮސްފަ އެވެ. އެއަށްފަހު އޭނާ އެންމެ ފަހުން ފެނިގެންދިޔަ މިދިޔަ އަހަރު ރިލީޒްކުރި ފިލްމު " ތައްޕަޅް" އަށް ވެސް ވަނީ ބޮޑު މަގްބޫލުކަމެއް ލިބިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.