އަނުޝްކާއަށް މިހާރު އެންމެ ކަމުދަނީ ދަރިފުޅުގެ "ސޮނި ފޮތިކޮޅު"!

އަނުޝްކާއަށް މިހާރު އެންމެ ކަމުދަނީ ދަރިފުޅުގެ "ސޮނި ފޮތިކޮޅު"!

Author
ފާތިމަތު ނާވީ
09 ފެބްރުއަރީ 2021 12:50
0

ބޮލީވުޑްގެ ތަރި އަނުޝްކާ ޝަރްމާ މިހާރު އެންމެ ގަޔާވާ (އެކްސަސަރީ) ހިފާ ގެންގުޅޭ އެއްޗަކީ ވަމިކާގެ "ބާޕް ކްލޯތު" ނުވަތަ ސޮނި ފޮތިކޮޅު ކަމުގައި އޭނާ ބުނެފިއެވެ.

އަނުޝްކާ މިހެން ބުނެފައިވަނީ އިންސްޓަގްރާމުގައި އެންމެ ފަހުން ކުރި ޕޯސްޓްގަ އެވެ. އަނުޝްކާ އާއި އޭނަގެ ފިރިމީހާ، ކްރިކެޓް ކެޕްޓަން ވިރާޓް ކޯލީއަކީ އިންސްޓަގްރާމްގައި އެންމެ ފާހަގަކޮށްލެވޭ އިންޑިއާގެ ސެލެބްރިޓީންނެވެ.

ގޭތެރޭގައި ބިޒީކޮށް އުޅެމުން ނަގާފައިވާ މި ފޮޓޯއިންވެސް އަނުޝްކާ ފެނިގެންދަނީ ވަރަށްވެސް ހިތްގައިމުކޮށެވެ. އަދި މީގެ އިތުރުން މި ފޮޓޯއިން އަނުޝްކާ އަދި ވިރާޓްގެ ރީތި ގެ ވެސް ވަނީ ފޭނުންގެ ލޮލުގައި އަޅައިގަނެފަ އެވެ.

 

View this post on Instagram

 

A post shared by AnushkaSharma1588 (@anushkasharma)

އަނުޝްކާ އާއި ވިރާޓަށް އަންހެން ކުއްޖެއް ލިބިފައިވަނީ މިދިޔަ ޖެނުއަރީ މަހުއެވެ. އަދި ދާދި ފަހުން ކުރި ޕޯސްޓެއްގައިވަނީ ދަރިފުޅުގެ ފޮޓޯ އަދި ނަން "ވަމިކާ" ވެސް އާންމުކޮށްފައެވެ. އަންނަ ބުރާސްފަތި ދުވަހު ވަމިކާއަށް އެއްމަސް ފުރޭނެއެވެ.

ގިނަ ދުވަސްތަކަކު ރައްޓެހިވެގެން އުޅުމަށްފަހު އަނުޝްކާ އަދި ވިރާޓް ކައިވެނި ކޮށްފައިވަނީ 2017 ވަނަ އަހަރު އިޓަލީގެ ޓުސްކަނީގައެވެ. އަދި މާބަނޑުވިކަން އިއުލާން ކޮށްފައި ވަނީ މިދިޔަ އަހަރު އޯގަސްޓް މަހު އިންސްޓަގްރާމް ޕޯސްޓަކުންނެވެ. މިއާއެކު ގިނަ ފޭނުންނާއި ފިލްމީ ތަރިން ވަނީ މި ދެމަފިރިންނަށް މަރުހަބާކިޔާފަ އެވެ.

 

View this post on Instagram

 

A post shared by AnushkaSharma1588 (@anushkasharma)

އަނުޝްކާ ވިހެއުމަށްފަހު އަދި ފިލްމީ މަސައްކަތްތަކާއި ދުރުގައި ހުރިނަމަވެސް އޭނާގެ ސޯޝަލްމީޑިއާ ޕޯސްޓުތަކަށް ގިނަ ފޭނުން އަދި ބެލުންތެރިންގެ ލޯބި ދަނީ ލިބެމުންނެވެ. ވެހެއުމުގެ ކުރިން އަނުޝްކާ ވަނީ ވިހެއުމަށްފަހު ވީހާ އަވަހަކަށް ފިލްމީ މަސައްކަތްތަކަށް ނުކުންނަން ބޭނުންވާ ކަމަށްވެސް ބުނެފައެވެ.

އަނުޝްކާ ޝަރްމާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ހިންދީ ފިލްމު ޒީރޯއިން ޝާހްރުކް ޚާނާއެކު އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.