ބްރޯޑްކޮމްއަށް އައްޔަންކުރުމަށް ރައީސް އިސްކަންދެއްވީ ފަޒީންއަށް

ބްރޯޑްކޮމްއަށް އައްޔަންކުރުމަށް ރައީސް އިސްކަންދެއްވީ ފަޒީންއަށް

Author
މުޙައްމަދު ޖިމީ
08 ފެބްރުއަރީ 2021 10:55
0

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ހުސްވެފައިވާ މެމްބަރުކަމަށް އައްޔަންކުރެއްވުމަށް ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިިިމް މުހައްމަދު ޞާލިހް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވި ނަންތަކުގެ އެންމެ ކުރީގައި ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ފަޒީން ހިމަނުއްވައިފިއެވެ.

ބްރޯޑްކޮމްއަށް މެންބަރަކު އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ 10 ނަމެއް މަޖިލީހަށް ފޮނުއްވާފައެވެ. ބްރޯޑްކޮމް އިން މެންބަރެއްގެ މަޤާމު ހުސްވެފައިވަނީ ޒީނާ ޒާހިރު މިދިޔަ އަހަރުގެ އޮކްޓޫބަރު  މަހުގެ 28 ވަނަ ދުވަހު އިސްތިއުފާދެއްވުމުންނެވެ.

މަޖިލީހުން ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތަކުގެ ތެރޭގައި:

  1. މުޙައްމަދު ފަޒީން، ހޭޒްލީން/ ބ. ތުޅާދޫ
  2. އައިޝަތު ޝިފްޒާ މުސްތަފާ، މާދަނޑު- އާސާން/ ޏ.ފުވައްމުލައް
  3. ޝިފާ ތަޢަުފީޤް ހ. ހާޖަރާގެ
  4. ޢަލީ މުޙައްމަދު މަނިކު، ދަފްރަރު ނަންބަރު: ރސ1851
  5. އަޙްމަދު މޫސާ، ހ. އަބްސާވިލާ
  6. ޒުބައިރު އަޙަމަދު މަނިކު، ގ. މަލްބިނަބް
  7. ޙަސަން ރަޝީދު، ފްލާވާގެ/ސ. މަރަދޫ
  8. އައިޝަތު ޙުސައިން މަނިކު، ހ. ރީދޫކޮކާގެ
  9. މުޙައްމަދު ޝާމިން، އިރުދޭމާގެ، ގދ. ގައްދޫ
  10. ޙުސައިން އަމްރު، ވ.ރޯޝަން

ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވާ ތަރުތީބުން ފޮނުއްވާފައިވާ އެ ނަންތައް ދިރާސާކުރުމަށް ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.