ހުޅުމާލެ ޖަލުން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 34އަށް އަރައިފިއެވެ.
ހުޅުމާލެ ޖަލުން އެންމެ ފުރަތަމަ މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ މިމަހުގެ 1 ވަނަ ދުވަހުއެވެ. ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ބުނީ މިހާތަނަށް ހުޅުމާލެ ޖަލުން 34 މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައިވާކަމަށާއި، އެމީހުންގެ ކޮންޓެކްޓުން ވަރަށް ގިނަކަމަށެވެ. އެގޮތުން އެމީހުންގެ ކޮންޓެކްޓުންގެ ގޮތުގައި 70 ގައިދީއަކާއި 29 ޖަލު އޮފިސަރުން ފާހަގަކުރެވިފައިވާކަމަށް އެޗްއީއޯސީން ބުންޏެވެ.
ޖަލުން ޕޮޒިޓިވްވި މީހުންނާއި ގުޅިގެން ޓެސްޓްކުރުމަށް 102 ސާމްޕަލެއް ޖަލުން ނަގާފައިވާކަމަށްވެސް އެޗްއީއޯސީން ބުންޏެވެ.
ކޮމެންޓު ފޮނުވާ