އައްޑޫސިޓީ ހިތަދޫ ކްލަސްޓާއިން 15 މީހަކު އަދި ހުޅުމީދޫ ކްލަސްޓައިން 25 މީހަކު މިހާތަނަށް ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެޓޯލްސް ކްލަސްޓަރގެ ފަރާތުން ޢަބްދުﷲ މަޢުރޫފް ވިދާޅުވީ، އައްޑޫ ސިޓީގެ ދެ ކްލަސްޓާއަކީ ހުޅުމީދޫ އެމްޓީސީސީ ސައިޓްގެ ކްލަސްޓާއަކާއި ހިތަދޫ ފްލޫ ކްލިނިކަށް ދެއްކި ބަޔަކު ޕޮޒިޓިވްވެ އުފެދިފައިވާ ކްލަސްޓަކަމަށް ވިދާޅުވެފައެވެ.
މައުރޫފް ވިދާޅުވީ، ހިތަދޫ ކްލަސްޓައިން އެންމެ ފުރަތަމަ ޕޮޒިޓިވްވީ މިމަހުގެ 5 ވަނަ ދުވަހު ހިތަދޫ ފުލޫ ކްލިނިކަށް ދެއްކި ދެ މީހަކުކަމަށާއި، ޖެހިގެންއައި 6 ފެބުރުއަރީގައިވެސް އެމީހުންގެ ދެ ކޮންޓެކްޓުން އަލާމަތްހުރެ ނެގި ސާމްޕަލްތަކުން ޕޮޒިޓިވްވެފައިވާކަމަށެވެ.
ފުރަތަމަ ޕޮޒިޓިވްވި ދެމީހުންގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ގދ.ތިނަދޫގައި އެމީހުންގެ ކޮންޓެކްޓެއް ހުރިކަންވެސް ފާހަގަކުރެވުނުކަމަށާއި، އެނާވެސް ކޯވިޑަށް ޕޮޒިޓިވްވިކަމަށް މައުރޫފް ވިދާޅުވިއެވެ. އެހެންކަމުން ތިނަދޫވެސް ވަނީ މޮނިޓަރިންއަށް ލާފައެވެ. އަދި އެރަށުން ޕޮޒިޓިވްވި މީހާގެ 25 ކޮންޓެކްޓުން ފާހަގަކުރެވިފައިވާކަމަށްވެސް މަޢުރޫފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ހިތަދޫ ކްލަސްޓާއިން މިއަދު އިތުރު 10 މީހުން ޕޮޒިޓިވްވެފައިވާކަމަށާއި،އެމީހުންގެ ކޮންޓެކްޓުން ތަފާތު 4 ރަށެއްގައި އެބަތިބިކަމަށެވެ.
މީގެ އިތުރުން ހުޅުމީދޫ އެމްޓީސީސީ ވޯކްސައިޓުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން އަލާމާތް ހުރެގެން މިމަހުގެ 4 ވަނަ ދުވަހު 4 މީހަކު ސާމްޕަލް ނެގުމުން ޕޮޒިޓިވްވިކަމަށާއި، އެމީހުންގެ ކޮންޓެކްޓުންގެ ގޮތުގައި އެތަނުގައި ތިބި 56 މީހެއްގެ ސާމްޕަލް ނަގާފައިވާކަމަށެވެ. އޭގެތެރެއިން އިތުރު 19 މީހަކު މިހާރު ޕޮޒިޓިވްވެފައިވާކަމަށާއި، ހުޅުމީދޫގައި މިވަގުތު 25 އެކްޓިވް ކޭސް އެބަތިބިކަމަށް މައުރޫފް ވިދާޅުވިއެވެ.
މިދެ ކްލަސްޓަގައިެވސް އެސަރަހައްދުގައި ކޮންޓެކްޓް ޓްރޭސިން ކުރިއަށްދާކަން ފާހަގަކޮށްލަން. އަލުގަނޑުމެންނަށް މިހާތަނަށް ފާހަގަކުރެވުނީ ކުރެވުނު މަސައްކަތުގައި އައްޑޫސިޓިގެ ގުޅިފައިވާ ރަށްރަށުގައި އެކި ހިސާބުތަކުގައި މިމީހުންގެ ކޮންޓެކްޓްސް ތިބިކަން، އެހެންކަމުން އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެން މިދެންނެވި ކްލަސްޓާގެ އެއްވެސް ކޮންޓެކްޓެއް ވާނަމަ އައްޑޫސިޓިގައި މިހާރު ޤާއިމްކުރެވިފައިވާ ހޮޓްލައިން އަދި ޓާސްކުފޯހަށް ރިޕޯޓްކުރުމަށް.
– ޓޯލްސް ކްލަސްޓަރގެ ފަރާތުން ޢަބްދުﷲ މަޢުރޫފް
މަޢުރޫފް ވަނީ މިވަގުތު މުޅި އައްޑޫ މޮނިޓަރިންއަށް ލާފައިވާއިރު، ކޮންމެހެން ޒަރޫރިކަމެއްގައި ނޫނީ ބޭރަށް ނުނިކުތުމަސް އިލްތިމާސްކުރައްވާފައެވެ. އަދި ޒަރޫރީކަމެއްގައި ބެރަސްނުކުތްނަމަވެސް މާސްކު އެޅުމަށްވެސް އިލްތިމާސްކުރެއްވިއެވެ. މަޢުރޫފް ވިދާޅުވީ، އައްޑޫގެ ދެ ކްލަސްޓާއާއި ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން އަދިވެސް ބަލަމުން އަންނަކަމަށެވެ.
ކޮމެންޓު ފޮނުވާ