އެޗްޕީއޭ އިން އާއްމު ކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގައިޑްލައިން މިހާރު އޮތް ގޮތުން، ކެމްޕެއިން ކުރުމަށް އިދިކޮޅަށް ހަމަހަމަ ފުރުސަތެއް ނެތްކަމަށް ވެރިކަންކުރާ އެމްޑީޕީން ބުނުމުން، މިނިވަންއިންތިޚާބަކަށް ޖާގަ ދެއްވުމަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި ބާރަސު ދާއިރާގެ ކުރޫީގެ މެންބަރު އިބްރާހީމް ޝުޖާޢު ގޮވާލައްވައިފިއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގައިޑްލައިން މިހާރު އޮތް ގޮތުން، ކެމްޕެއިން ކުރުމަށް އިދިކޮޅަށް ހަމަހަމަ ފުރުސަތެއް އޮތް ކަމަށް ގަބޫލު ނުކުރައްވާކަމަށް ހުޅުމާލެ ދާއިރާގެ އެމްޑީޕީ މެންބަރު އަލީ ނިޔާޒު މިއަދު ވަނީ ގައުމީ ލަފާދޭ ކޮމެޓީގައި ވިދާޅުވެފައެވެ.
އޭނާގެ މިވާހަކަތަކާއި ގުޅިގެން ޕީޕީއެމްގެ ނާއިބު ރައީސް އިބްރާހީމް ޝުޖާޢު ވިދާޅުވީ، މިއީ އިދިކޮޅުންތަކުރާރުކޮށް ދައްކަމުން އައި ވާހަކަ ކަމަށާއި، އެންމެ ފަހުން ވެރިކަންކުރާ ޕާޓީންވެސް އެކަމަށް އެބަސްވެފައިވާކަމަށެވެ. އެޕާޓިގެ ކެނޑިޑޭޓުންނަށް ތާޢީދު ހޯދުމަށް އަތޮޅުތަކަށް ދެވެންޖެހޭކަމަށްވެސް ޝުޖާޢު ވިދާޅުވިއެވެ.
އަޅުގަނޑުމެން އަބަދު މި ގެންދަނީ މިވާހަކަ ދައްކަމުން. އެންމެ ފަހުން ވެރިކަން ކުރާ ޕާޓީވެސް މިއޮތީ މިކަމަށް އެއްބަސްވެފަ. އަޅުގަނޑުމެންގެ ކެނޑިޑޭޓުންނަށް ތާޢީދު ހޯދުމަށް އަތޮޅުތެރެއަށް ދާން ބޭނުން. މިނިވަން އިންތިޚާބަކަށް ޖާގަ ދެއްވާ.
– ޕީޕީއެމްގެ ނާއިބު ރައީސް އިބްރާހީމް ޝުޖާޢު
މިއަދު ބޭއްވި ގައުމީ ލަފާދޭ ކޮމެޓީގައި ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒް ވަނީ މިހާރު އޮތް ގައިޑްލައިންގެ ތެރެއިން ހަމަހަމަ ކަމާއިއެކު ކެމްޕެއިން ކުރުމަށާއި، އެނޫންވެސް ގިނަ ކަންތައްތަކަށް ހުރަސް އެޅޭކަމަށް ވިދާޅުވެފައެވެ.
އޭނާ ވިދާޅުވީ އިންތިޚާބު ބޭއްވުމަށް މިހާރު އޮތް ގައިޑްލައިންގެ ތެރެއިން ސަރުކާރު ހިންގާ އެމްޑީޕީއަށް ކެމްޕެއިން ކުރުމުގެ ފުރުސަތު ބޮޑުކަމަށް ގަބޫލު ކުރައްވާކަަމަށެވެ. ސަބަބަކީ އެމްޑީޕީއަކީ ސަރުކާގެ މައިޕާޓީއަށްވެފައިވާ ރަށް ރަށުގައި ބާއްވާ ސަރުކާރުގެ ހަފްލާތަކުގައިވެސް ސިޔާސީ ކަންކަން ކުރިއަށް ދިއުމުން އެފުރުސަތު ހަމަހަމަ ކަމާއިއެކު އެހެން ޕާޓީތަކަށް ލިބިގެން ނުދާކަމަށެވެ. ނިޔާޒުވަނީ އިލެކްޝަނުން އިންތިޚާބާއިމެދު އަވަހަށް ގޮތެއް ނިންމައި އިންތިޚާބާއިމެދު ރައްޔިތުން ފޫހިވެ، މާޔޫސްވާ ހިސާބަށް ދިއުމުގެ ޖާގަ ނުދެއްވުމަށް ގޮވާލާފައެވެ.
އަލީ ނިޔާޒު ވިދާޅުވީ އިންތިޚާބު މިހާރު އޮތް ތާރީހުގައި ބޭއްވުމަށް އެކުލަވާލާފައވާ ގައިޑްލައިންގައި ކެންޕެއިން ކުރުމުގެ ހަމަހަމަ ފުރުސަތު ނުލިބުމުގެ އިތުރުން ބަޖެޓް އިތުރުވުމަކީވެސް ކަންބޮޑުވާކަމެއްކަމަށެވެ. މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިދިކޮޅު ޕީޕީއެމްއިން ބުނެފައިވަނީ އެމްޑީޕީން ފާޅުކުރި ކަންބޮޑުވުންތައް ޕީޕީއެމްގައިވެސް އެބަހުރިކަމަށެވެ.
އިންތިޚާބު ބޭއްވޭނެކަމަށް ގަބޫލު ކުރަނީ މިހާރު އޮތް ގައިޑްލައިނަށް ބަދަލު ގެނެެސްގެންކަމަށާއި، މިހާރު އޮތް ގައިޑްލައިންގެ ތެރެއިން އިންތިޚާބު ބޭއްވުމަކީ ކުރެވޭނެ ކަމެއްނޫންކަމަށް ތޮލާލަށް ވިދާޅުވިއެވެ. މިބައްދަލުވުމުގައި އިލެކްޝަނުން ގައިޑްލައިން ގޯސްކަމަށް ވިދާޅުވެ އިންތިޚާބު އަވަސް ކުރުމަށް އެއްވެސް ބަޔަކު އެދުމަކީ ހަމަޖެހޭ ކަމެއްނޫންކަމަށެވެ. އަދި މިހަފްތާގެ ތެރޭގައި އިންތިޚާބާ މިހާރު އޮތްގޮތަށް ކުރިއަށް ދިއުމާއިމެދު ގޮތެއް ނިންމާނެކަމަށެވެ.
ކައުންސިލް އިންތިޚާބު ބޭއްވުމަށް މިހާރު ތާވަލުކޮށްފައިވަނީ އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުގައެވެ.
ކޮމެންޓު ފޮނުވާ