ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އިނގިރޭސިވިލާތުގެ ލަންޑަނާއި، މެލޭޝިއާގެ ކުއާލަ ލަންޕޫރުގައި ވޯޓު ފޮށި ނުބަހައްޓާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް މިހާރު ކަނޑައަޅާފައިވަނީ އެޕްރީލް 10 ވަނަ ދުވަހުއެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިނގިރޭސިވިލާތާއި މެލޭޝިއާގައި ވޯޓު ފޮށި ބެހެއްޓުމުގެ ހުއްދަ ނުލިބޭކަން ޔަޤީންވެފައިވާކަމަށެވެ.
LCE adhi WDCE ge vote foshi 10th April ga London adhi KL ga huhdha nulibeyne kan yageen vehje
— Ahmed Shareef (@ShareefRangondi) February 7, 2021
ޝަރީފް މިހެން ވިދާޅުވެފައިވާއިރު، މެލޭޝިއާއާއި، އިނގިރޭސިވިލާތުގަ ކޯވިޑް-19 ފެތުރު މަޑު ޖެހެމުން ދާތަނެއް އައި ނުފެނެއެވެ. އިނގިރޭސިވިލާތުގައިި ކޯވިޑްގެ އައު ވޭރިއަންޓް ފެނުމާއި ގުޅިގެން ދަނީ ފިޔަވަޅުތައް ވަރުގަދަ ކުރަމުންނެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ އޭޕްރީލް މަހުގެ10 ގައި އިންތިޚާބު ބޭއްވުމށްް އެޗްޕީއޭއިން ޢާންމުކުރި ގައިޑްލައިންގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ހުރިހަމަށް ހާމަކޮށްފައެވެ. އަދި އެ މައްސަލަ މިހަފްތާގައި މަޖިލީހަށް ވައްދާނެކަމަށްވެސް އީސީން ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ