ރާއްޖޭގައި ވެކްސިން ދިން މީހުންގެ ޢަދަދު 6000 އިން މައްޗަށް

ރާއްޖޭގައި ވެކްސިން ދިން މީހުންގެ ޢަދަދު 6000 އިން މައްޗަށް

Author
މުޙައްމަދު ޖިމީ
06 ފެބްރުއަރީ 2021 10:18
0

ކޯވިޑް-19އިން ރައްކާތެރިވުމަށް ދެމުންއަންނަ ވެކްސިން މިއަދު 2000 އަށްވުރެ ގިނަ މީހުންނަށް ދީފިއެވެ.

އެޗްޕީއޭއިން ޢާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިއަދު އެކަނިވެސް 2،575 މީހަކަށް ވެކްސިން ދީފައިވެއެވެ. އޭގެ ތެރޭގައިހިމެނެނީ މާލެ ސަރަހައްދުން ވެކްސިން ދިން 2،015 މީހަކާއި، އަތޮޅުތަކުން މިއަދު ވެކްސިން ދިން 560 މީހެކެވެ.

އެހެންކަމުން ރާއްޖޭގައި މިހާތަނަށް 6،854 މީހަކަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ވެކްސިން ދިން 5،588 މީހަކާއި އަތޮޅުތަކުން ވެކްސިންދިން 1،266 މީހެކެވެ.  މާލޭގައި 6 ތަނެއްގައި ވެކްސިން ދެމުން އަންނަ އިރު، އަތޮޅުތަކުގެ 3 ތަނެއްގައި ވެކްސިން ދެމުން ގެންދެއެވެ.

ރާއްޖޭގައި ރަސްމީކޮށް ވެކްސިންދޭން ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުގައެވެ. ރާއްޖެ މިވަގުތު ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތެއްގައި އޮތުމުގެ ސަބަބުން ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓް އުސޫލުންނެވެ. އަދި ވެކްސިން ދެމުންގެންދާނީ ވެކްސިން ޖެހުމަށް ޚާއްސަ ޕޯޓަލްގައި ރަޖިސްޓްރީވަމުންދާ ފަރާތްތަކަށްކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ.

ރާއްޖޭގައި ދެމުން އަންނަނީ އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނެވެ. އަދި ވެކްސިން ޕްރޮގްރާމަށް ބޮޑު ތަރުހީބެއް އަންނަަކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. ވެކްސިން ދިނުމުގައި ކުރީސަފުގައި މަސައްކަތްކުރާ މީހުންނަށް އިސްކަންދީފައިވާއިރު، މިއަދު ވަނީ 55 އަހަރުން މަތީގެ މީހުންނަށްވެސް ވެކްސިން ދޭން ފަށާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.