ކޯވިޑްއަށްް ޕޮޒިޓިވް ކޭސްތަކެއް ފެނުމާއި ގުޅިގެން މުޅި އައްޑޫސިޓީ އެއްކޮށް މޮނީޓަރިން ހާލަތަށް ގެނެސްފިއެވެ. އައްޑޫސިޓި މޮނިޓަރިންއަށް ލާފައިވަނީ، ހިތަދޫއިން ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވް ވުމުންނެވެ. އޭނާ އައްޑޫގެ ހުރިހާ އަވަށެއް ނުވަތަ ރަށެއް ވަނީ މޮނިޓަރިންއަށް ލާފައެވެ.
މިހާތަނަށް އައްޑޫގެ ދެ ސަރަހައްދުން ޕޮޒިޓިވް ކޭސް ފެނިފައިވެއެވެ. އެގޮތުން އެންމެ ފުރަތަމަ މިހަފްތާ ތެރޭގައި އައްޑޫސިޓީ ހުޅުދޫ-މީދޫއިން އެމްޓީސީސީ ސައިޓުގައި ތިބި ބަޔަކު ވަނީ ޕޮޒިޓިވް ވެފައެވެ. އަދި އެމީހުންގެ ތެރެއިން ނެގި ސާމްޕަލްތަކުން މިހާތަނަށް 24 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މީގެ އިތުރުން މިއަދު ހިތަދޫ އިން އިތުރު ދެ މީހަކު ޕޮޒިޓިވްވުމާއެކު މުޅި ޖުމްލަ 26 މީހަކު މިހާތަނަށް ވަނީ ޕޮޒިޓިވް ވެފައެވެ.
އައްޑޫ މޮނިޓަރިންއަށް ލުމަށްފަހު މިހާރު ކުރިއަށްދަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތެވެ. އެގޮތުން މިއަދު ހުޅުދޫ މީދޫގައި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އައްޑޫ މޮނިޓަރިންއަށް ލީ ނަމަވެސް، އައްޑޫގެ އެތެރޭގެ އަވަށްތަކުގެ ދަތުރުފަތުރު ކުރެވޭނެއެވެ. އެގޮތުން އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި ދަތުރު ކުރުމަށް ހުރަހެއް ނެތެވެ. ނަމަވެސް އެޗްޕީއޭއިން ވަކިގޮތެއް އަންގަންދެން އައްޑޫއިން އެހެން ސަރަހައްދުތަކަށް ދިއުމާއި އައުން ވަނީ މަނާކޮށްފައެވެ.
ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން މިހާރު ބައްޔަށް ފަރުވާ ދެމުން އަންނަ މީހުންގެ ޢަދަދު ވަނީ 2000 އިން މައްޗަށް އަރާފައެވެ.
ކޮމެންޓު ފޮނުވާ