ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) ގެ ކައުންސިލް މެންބަރު ޝަހީދު އިބްރާހީމަށް ފުލުހުން ކުރި އަނިޔާ، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި، ހިއުމަން ރައިޓްސް ކޮމިޝަނުން ތަޙްޤީޤްކޮށް، އަވަސް ފިޔަވަޅު އެޅުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގޮވާލައިފިއެވެ.
އެ ކޯލިޝަނުން ނެރެފައިވާ ބަޔާނުގައި ވަނީ، ޕީ.އެން.ސީގެ ކައުންސިލް މެންބަރު ޝަހީދު އިބްރާހީމަށް ފުލުހުންގެ ފަރާތުން ލިބުނު ރަހުމުކުޑަ އަނިޔާތަކަކީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނުން ތަޙްޤީޤްކޮށް، އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ލާއިންސާނީ އަމަލުތަކެއްކަމަށެވެ.
އިދިކޮޅުގެ ބަޔާނުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޅިޔަނު އެމް.ޑީ.އެން ގެ ކުރީގެ ހިންގުންތެރިޔާ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުގެ ސީދާ އޯޑަރަށް، ޤާނޫނު އަސާސީއާއި ޤާނޫނުތަކާ ޚިލާފަށް މައިދާނުގައި ހަރަކާތްތެރިވި ފުލުހުންނަށް ކުރި އަމުރާ
ގުޅިގެން، ޝަހީދު ހައްޔަރުކުރުމުގެ ނަމުގައި އޭނާއަށް ކުރި އަނިޔާއަކީ ރައީސް ޞާލިޙްގެ ބަފައިބެ، ޓެރަރިސްޓް ސިއްކަ އަޙްމަދު
އިސްމާޢީލް މަނިކު ތަމަޅަ ޓައިގަރުންގެ ކޭމްޕްތަކުން އުނގެނުނު އަނިޔާގެ އުކުޅުތަކުގައި ހިމެނޭނެ ފަދަ ރަހުމުކުޑަ އަމަލެއްކަމަށް ބުނެފައެވެ.
Opposition Council Member @shaheed_ibrahm has been arrested using undue force by @PoliceMv in a peaceful protest. I call CP @M_Hameedh to immediately release him and to stop the brutality. @hrw @hrcmv @picm @PICmv#FreeShaheedNow pic.twitter.com/m5BgIKE2S4
— Ahmed Shiyam (@Shiyamaldives) February 5, 2021
ޞުލްޙަވެރިކަމާއެކު ޚިޔާލުފާޅުކުރުމަކީ ދިވެހި ކޮންމެ ރައްޔިތެއްގެ ޤާނޫނީ ޙައްޤަކަށް ވީހިނދު، ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި 50 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށް، އެމް.ސީ. ޙަމީދު ހިންގާފައިވާ ޣައިރު ޤާނޫނީ ޢަމަލުތައް، މި އަނިޔާވެރި ސަރުކާރު ނިމި، ޤާނޫނީ ޙުކޫމަތު އަލުން އިޔާދަވުމާއެކު، މިނިވަންކަމާއެކު ތަޙްޤީޤުކޮށް، ޤާނޫނީ ފިޔަވަޅު އެޅޭނެކަން ފާހަގަކުރަމެވެ. އެފަދަ ޢަމަލުތައް ހިންގަން އޭނާ މަޖުބޫރުކުރުވިއަސް، އެކަމަށް ޢާންމު ފުލުހުން ބޯނުލެނބުމަށާއި، ޣައިރު ޤާނޫނީ އެއްވެސް އަމުރަކަށް ތަބާވުމަކީ އޭގެ ސަބަބުން ފަހުން އަދަބު ލިބޭނެކަމެއްކަން އަބަދުވެސް ހަނދާނުގައި ބެހެއްޓުމަށް އިލްތިމާސްކުރަމެވެ. ޝަހީދު އިބްރާހީމާއެކު މިއަދު ހައްޔަރުކުރެވުނު އެންމެހާ ފަރާތްތައް ވަގުތުން މިނިވަންކުރުމަށް ފުލުހުންނަށް ގޮވާލަމެވެ.
ރައްޔިތުންނަށް އަނިޔާކޮށްގެން ވެރިކަމުގައި ދެމިހުރެވޭނެކަމަށް ރައީސް ޞާލިޙާއި އެމް.ޑީ.ޕީއަށް ހީވާނަމަ، މީގެ ބަރާބަރު ނުވަ އަހަރު ކުރިން ކަންވެގެންދިޔަ ގޮތުގެ ހަނދާން އާކޮށްލުން ބުއްދިވެރިކަމުގައި ދެކޭކަމަށާއި، އާޚިރުގައި ގޮތް ނިންމާނީ ރައްޔިތުންކަމްވެސް އިދިކޮޅުގެ ބަޔާނުގައިވެއެވެ. އަދި އިންސާފު އަރާ ހަމަކުރާނެކަން ވިސްނުމަށް އެމް.ޑީ.ޕީ އަށްވެސް އެ ކޯލިޝަނުން ގޮވާލާފައިވެއެވެ.
އިދިކޮޅުން ވަނީ ހައްޔަރި އެޕާޓީގެ މެންބަރުންނާއި ސަޕޯޓަރުންގެ ތެރެއިން ބައެއް ފަރާތްތަކަށް އަނިޔާކުރުމުގެ އިތުރުން ފަހަތަށް ބިޑިއެޅުވި
މަންޒަރު ފެނުމުން، މި ސަރުކާރުގެ ނިމުން ދުވަހެއް ދުވަހަކަށް ގާތްވަމުން އަންނަކަމާއި ރައްޔިތުންގެ އިތުބާރާއި ތާއީދު އެމް.ޑީ.ޕީއަށް ގެއްލިފައިވާކަން ކަށަވަރުވާކަމަށްވެސް ބަޔާނުގައި ބުނެފައެވެ.
އިއްޔެ އިދިކޮޅުން ބޭއްވ މުޒާހަރާގައި4 މީހަކު ހައްޔަރުކޮށްފައިވާއިރު، ޕީއެންސީގެ ކައުންސިލް މެންބަރު ޝަހީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގައި އަނިޔާލިބޭ ފޮޓޯއާއި ވީޑިއޯ އަންނަނީ ސޯޝަލް މީޑިއާގައ ދައުރުވަމުންނެވެ. އަދިކޮޅުން ވަނީ ހައްޔަރުކުރި އެންމެން ދޫކޮށްލުމަށް ދޫކޮށްލުމަށް ގޮވާލާފައެވެ.
ކޮމެންޓު ފޮނުވާ