އިދިކޮޅު މުޒާހަރާކުރާގެ މިސްރާބު ގެއްލެނީ ކުރީސަފުގައި ލީޑަރުން ނެތުމުން: ރައީސް ނަޝީދު

އިދިކޮޅު މުޒާހަރާކުރާގެ މިސްރާބު ގެއްލެނީ ކުރީސަފުގައި ލީޑަރުން ނެތުމުން: ރައީސް ނަޝީދު

Author
މުޙައްމަދު ޖިމީ
06 ފެބްރުއަރީ 2021 08:56
0

އިދިކޮޅު ޕީޕީއެމުން މުޒާހަރާ ކުރާއިރު، ކުރީ ސަފުގައި ޕާޓީގެ ލީޑަރުން ނުތިއްބަވާނަމަ މިސްރާބު ގެއްލޭނެކަމަށާއި، އެހެންކަމުން އެހެން ނުހެދުމަށް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

ރައީސް ނަޝީދުގެ ފޭކް ޓްވިޓަރ އެކައުންޓް އެލެކްސް އަޙްމަދު ޓްވިޓަރ އިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕީޕީއެމްގެ ބޭފުޅުންގެ ޖޯޝް ގަދަވާނެކަމަށާއި، ޕާޓީން މުޒާހަރާކުރާއިރު، ޕާޓީގެ ދިދަ އަދި ޕާޓީގެ ލީޑަރުން ކުރީސަފުގައި ނުތިއްބަވާނަމަ ކަންކަމުގައި މިސްރާބު ގެއްލޭނެކަމަށެވެ. އެހެންކަމުން އެހެން ނުހައްދަވާ ލީޑަރުން ކުރިއަށް ނުކުތުމަށް ރައީސް ނަޝީދު ގޮވާލެއްވިއެވެ.

ރައީސް ނަޝީދު މިކަމަށް ގޮވާލައްވާފައިމިވަނީ، އިއްޔެ ޕީޕީއެމް ޕީއެންސީން ކުރިއަށްގެންދިޔަމުޒާހަރާގައި ރައީސް ނަޝީދުގެ ގެކޮޅުކައިރިއަށް މުޒާހަރާގެ ބައިވެރިން އެއްވުމާއި ގުޅިގެން އެމްޑީޕީގެ މަޖިލިސް މެންބަރުން ނުރުހުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

އެމްޑީޕީގެ މަޖިލިސް މެންބަރުން ވަނީ އެގޮތަށް މުޒާހަރާކުރާނަމަ ރައީސް ޔާމީންވެސް މިނިވަން ނުވާނެކަމަށާއި، ކައުންސިލް އިންތިޚާބު އިދިކޮޅަށް ކާމިޔާބު ވާނެ ގޮތެއްވެސް ނޯންނާނެކަމަށް ބުނެފައެވެ.

އިއްޔެ މާލޭގައި އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދިޔަ މުޒާހަރާގައި 4 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.