ބަލިވާތަން ފެނުމަކީ އިންތިޚާބު ފަސްކުރަންޖެހޭ ހުއްޖަތެއް ނޫން: ޑރ.ޖަމީލް

ބަލިވާތަން ފެނުމަކީ އިންތިޚާބު ފަސްކުރަންޖެހޭ ހުއްޖަތެއް ނޫން: ޑރ.ޖަމީލް

Author
މުޙައްމަދު ޖިމީ
05 ފެބްރުއަރީ 2021 07:53
0

އިންތިޚާބީ ޙައްޤު ނިގުޅައިގަތުމަށް ހީލަތްތެރި ކަންކަން ސަރުކާރުން ކުރަމުން އަންނަކަމުގެ ތުހުމަތު ކުރީގެ ނާއިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ކުރައްވައިފިއެވެ.

އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމުގައި އަމަލުކުރަންވީ އުސޫލު އެކުލަވާލައި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ގައިޑްލައނުގައި ޤާނޫނީ ގިނަ ގޮންޖެހުންތަކެއް ހުރުމުން، އެތާރީޚުގައި އިންތިޚާބު ނުބޭއްވޭނެކަމަށް ބުނެ އީސީން ވަނީ މަޖިލީހަށް އެމައްސަލަ ހުށައެޅުމަށް ނިންމާފައެވެ. އެކަމާއި ގުޅިގެން ރައީސް ޔާމީންގެ ފުރަތަމަ ނާއިބު ރައީސް ޑރ.ޖަމީލް ވިދާޅުވީ، ސަރުކާރާއި މަޖިލިީހުގައި ބޮޑު އަގްލަބިއްޔަތެއް އޮތަސް އިރުއިރުކޮޅަކާ ކުރަނީ އިންތިޚާބީ ޙައްޤު ނިގުޅައިގަތުމަށް ހީލަތްތެރި ކަންކަންކަމަށެވެ.

މަޖިލީހާއި، އިލެކްޝަންސް ކޮމިޝަނާއި،ދެމެދު ރައްޔިތުން ތާށިކުރުމަކީ ބޮޑު ޖަރީމާއެއްކަމަށާއި، ޤާނޫނުގެ ދިގު އަތް ފޯރާނެ ދުވަސް އަންނާނެކަމަށް ޖަމީލް ވިދާޅުވިއެވެ. ބަލިވާތަން ފެނުމަކީ އިންތިޚާބު ފަސްކުރަން ހުއްޖަތެއް ނޫންކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.

ސަރުކާރާއި މަޖިލިސް އޮތަސް އިރުއިރުކޮޅަކާ ކުރަނީ އިންތިޚާބީ ޙައްޤު ނިގުޅައިގަތުމަށް ހީލަތްތެރި ކަންކަން. މަޖިލީހާއި އިލެކްޝަންސް ކޮމިޝަނާއި، ދެމެދު ރައްޔިތުން ތާށިކުރުމަކީ ބޮޑު ޖަރީމާއެއް. ޤާނޫނުގެ ދިގު އަތް ފޯރާނެ ދުވަސް އަންނާނެ. ބަލިވާތަން ފެނުމަކީ އިންތިޚާބު ފަސްކުރަން ހުއްޖަތެއް ނޫން

– ކުރީގެ ނާއިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު

އިލެކްޝަން ކޮމިޝަނުން ވަނީ މިހާރު އެކުލަވާލާފައިވާ ގައިޑްލައިނުގައި ޤާނޫނީ ގޮތުން ހުރި ގިނަ މައްސަލަތަކާއިއެކު މަޖިލީހަށް ދިއުމަށް ނިންމަފައެވެ. އަދި އެޗްޕީއޭގެ މިހާރުގެ ގައިޑްލައިނާއެކު އޭޕްރީލް10 ގައި އިންތިޚާބު ނުބޭއްވޭނެކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.

މިހާރު އެކުލަވާލައި އާންމުކޮށް ކޮށްފައިވާ އެޗްޕީއޭގެ ގައިޑްލައިންގައިވާ ގޮތުން ޕޮޒިޓިވްވެފައިވާ ފަރާތްތަކާއި ކަރަންޓީނުގައި ތިބެން ޖެހޭ ފަރާތްތަަކަށް އެ ފަރާތްތަކަށް ތިބޭ ރަށެއްގައި ވޯޓު ލެވޭނެ ގޮތް ހަމަޖައްސަން ޖެހެއެވެ. ނަމަވެސް އެއީ ގާނޫނީ ގޮތުން އިލެކްޝަން ކޮމިޝަނަށް ކުރެވޭނެ ކަމެއްނޫންނެވެ. މާލޭގައި ހުރި މީހަކު އެހެން ރަށެއްގައި ހުއްޓާ އޭނާ ޕޮޒިޓިވްވެ އެކަހެރިވާންޖެހުމުން އޭނާ ވޯޓުލާން ރަޖިސްޓްރީ ކުރިތަންނޫން ތަނެއްގައި ހުރިނަމަވެސް ގައިޑްލައިން ބުނާގޮތުން އޭނާއަށް ވޯޓުލެވެންޖެހެއެވެ. އަދި އެކަން އިލެކްޝަނުން ފަހި ކޮށްދޭންޖެހެއެވެ. ނަމަވެސް ޤާނޫނު ބުނާގޮތުން އެމީހަކު ވޯޓުލުމަށް ރަޖިސްޓްރީ ކުރާތަންނުނޫ ތަނެއްގައި ވޯޓުލުުމުގެ އިހުތިޔާރެއް ނޯވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

E Edhuru
Emme fahun beyvi local council inthihaabu court ah vadhdhaigen laskuree balivaanekan yageen veematho.