އެއަރޕޯޓްތަކުގެ ސަލާމަތީކަންކަން ބަލަހައްޓާ، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ މުވައްޒަފުންނަށް ކޯވިޑް-19އިން ރައްކާތެރިވުމަށް ދޭ ކޮވިޝީލްޑް ވެކްސިން ޖަހަން ފަށައިފިއެވެ.
އޭވިއޭޝަން ކޮމާންޑުން ބުނީ އެތަނުގެ51 މުވައްޒަފަކަށް ވެކްސިންގެ ފުރަތަމަ ޑޯޒް މިއަދު ދީފައިވާކަމަށެވެ. ރާއްޖޭގައި ޖަހަމުންދާ ކޮވިޝީލްޑް ވެކްސިނަކީ އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި 100،00 ޑޯޒްގެ ވެކްސިނެވެ. އެ ވެކްސިން ރާއްޖޭގެ 50،000 މީހުންނަށް ދެވޭނެއެވެ. ރާއްޖޭގައި ވެކްސިން ޖެހުމުގައި އެންމެ އިސްކަންދޭނެ ތަރުތީބު ވަނީ ކަނޑައަޅަފައެވެ. އެގޮތުން އެންމެ ފުރަތަމަ ވެކްސިން ދެމުން އަންނަނީ ފްރޮންޓްލައިންގައި މަސައްކަތްކުރާ މުވައްޒަފުންނަށެވެ. އޭގެ ތެރޭގައި އޭވިއޭޝަން ކޮމާންޑްވެސް ހިމެނެއެވެ.
51 officers of Aviation Security Command gets their first dose of covishield vaccine today.@MoDmv#savinglivestogrther #vaccine #CovishieldVaccine #dhifaau #Covid_19 pic.twitter.com/S39ovrdOhy
— AVSECOM (@AVSECOMmv) February 5, 2021
ކޯވިޑް-19އަށް ރައްކާތެރިވުމަށް މިހާރު ބޭނުން ކުރަމުންދާ ވެކްސިންތަކުގެ ތެރެއިން ޗައިނާގައި ބޭނުން ކުރަމުންދާ ވެކްސިންގެ 100،000 ޑޯޒް ރާޢްޖެއަށް ހަދިޔާ ކުރަން ޗައިނާ ސަރުކާރުން ވަނީ ނިންމާފައެވެ.

ޗައިނާގެ ދެ ކުންފުންޏަކުން ގުޅިގެން އުފައްދާފައިވާ ސައިނޯފާމް ވެކްސިން ދުނިޔޭގެ ބައެއް ޤައުމުތަކުގައި މިހާރު ދޭން ފަށާފައިވާއިރު، އެ ވެކްސިނުން 78 އިންސައްތަ މީހުން ބަލިން ރައްކާތެރިކޮށްދޭކަމަށް ވެކްސިން އުފެއްދި ކުންފުނިން ވަނީ ހާމަކޮށްފައެވެ. ރާއްޖޭގައި ކޯވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ވެކްސިން ޖަހަން ފަށާފައިވަނީ މިމަހުގެ 1 ވަނަ ދުވަހުއެވެ.
ރާއްޖެއިން ކޯވިޑް-19ގެ ވެކްސިން މިހާރު ޖަހަން ފަށާފައިވާއިރު އިތުރު ކުންފުނިތަކުގެ ވެކްސިންވެސް ރާއްޖެ ގެންނާނެކަމަށް ސަރުކާރުން ބުނެފައިވެއެވެ. އެގޮތުން އެސްޓްރަޒެނެކާއާއި، ފައިޒާގެ ވެކްސިންވެސް ރާއްޖެ ގެންނާނެކަމަށް ހެލްތު މިނިސްޓަރ ވިދާޅުވެފައިވެއެވެ.
ކޮމެންޓު ފޮނުވާ