މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އިތުރުފުޅުތަކެއް ހެއްދެވުމަކީ ދިވެހީންނަށް ލިބުނު އިތުރު ނާއުންމީދެއްކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.
ރައީސް އިއްޔެ ދެއްވި ރިޔާސީ ބަޔާނަށް ފާޑުކިޔަމުން އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނުގައިވަނީ އިސްލާމް ދީނަށް ފުރައްސާރަކުރާ މީހުން ދައުލަތުގެ އިސް މަޤާމުތަކުގައި ބައިތިއްބައިގެން ދައުލަތުން އެމީހުންނަށް ބޮޑު މުސާރަ ދެއްވަމުން ގެއްދަވާ އިރު މިދިޔަ އަހަރު އިސްލާމް ދީނުގެ ކުރިއެރުމަށް ޓަކައި ގިނަ ގުނަ މަސައްކަތްޕުޅުތަކެއް ކުރެއްވި ވާހަކު ވިދާޅުވުމަކީ މުޅި ޤައުމު ލަދުގަންނާންޖެހުނު ބޮޑު އިތުރުފްޅެއްކަމަށެވެ. އިސްލާމް ދީނަށް ފުރައްސާރަކޮށް ބަރަހަނާ ޙާލުގައި މިސްކިތަށް އަރައި މިސްކިތުގެ ޙުރުމަތް ކަނޑާއިލި މީހަކަށް އެއްވެސް ފިޔަވަޅެއް ނާޅާއި، ރައްކާތެރިކަމާއެކު އޭނާގެ އަމިއްލަ ޤައުމަށް ވަނީ ފުރުވައިލައިފައެވެ.
މިސްކިތަށް އަރައި އުމުރުން ދުވަސްވީ ދިވެއްސަކަށް ޙަމަލާދީ މިސްކިތުގެ ޙުރުމަތް ކަނޑައިލި ބިދޭސީއަކަށް އެއްވެސް ފިޔަވަޅެއް ނާޅުއްވައި އަމާންކަމާއި ރައްކާތެރިކަމާއެކު ވަނީ ފުރުވައިލައިފައިކަމަށް އިދިކޮޅުގެ ބަޔާނުގައިވެއެވެ. މިއިން އެއްވެސް ކަމަކާ ދެކޮޅަށް ރައީސް ބަސްފުޅެއް ވެސް ވިދާޅުވެފައި ނުވާކަމަށްވެސް އެ ބަޔާނުގައިވެއެވެ.
ރައީސް ޔާމީން ބިނާކުރައްވައިފައިވާ "ކިންގ ސަލްމާނު މަރުކަޒު" ހުޅުއްވަން ކެރިވަޑައިނުގެން އެކަން ލަސްކުރައްވަމުންގެންދަވަނީއެވެ. އެހެންވީ އިން، އިސްލާމް ދީންގެ ހައްޤުގައި ޚިދުމަތްތަކެއް ކުރެއްވިކަމަށް ވިދާޅުވި ވިދާޅުވުމަކީ ރައްޔިތުންނަށް އޮޅުވައިލުމަށް ޓަކައި ވިދާޅުވީ ހަޤީގަތާ މުޅީން ޚިލާފް ވާހަކަފުޅުތަކެކެވެ. ދައުލަތުގެ ޚަރަދުތައް ކުޑަކުރައްވާން މަސައްކަތްޕުޅު ކުރެއްވި ކަމަށް ވިދާޅުވި އިރު، ދައުލަތުގެ ސިޔާސީ މަޤާމުތައް ވަނީ އެތައް ގުނައަކަށް އިތުރުކުރައްވައިފައެވެ. ރިޑް ކޮންޓްރޯލް ކުރުމުގެ ނަމުގައި ދައުލަތުން ވަނީ ބޭކާރު ޚަރަދުތަކެއް ކުރައްވައި އެތައް ކޮރަޕްޝަނެއް ހިންގަޅއިފައެވެ. މިއިން އެއްވެސް ކަމަކާ މެދު ފިޔަވަޅެއް އަޅުއްވައިފައެއް ނެތެވެ. އަދި ވެންޓިލޭޓަރުގެ ކޮރަޕްޝަންގެ ބޮޑު މައްސަލަ ހިންގި މީހުންނާ މެދު ދަޢުވާ ނުކުރައްވާން ވަނީ ނިންމަވައިފައެވެ.
– ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން
އިދިކޮޅުގެ ބަޔާނުގައި 2019 ވަނަ އަހަރާއި 2020 ވަނަ އަހަރު ދައުލަތުން ފާސްކުރި ބިޔަ ބޮޑު ބަޖެޓް ހުސްކޮށްލެއްވި އިރު ރައްޔިތުންނަށް ވީ ފައިދާއެއް ނެތްކަމަށާއި، އަވަށްޓެރި އެއް ޤައުމަކުން ނަގައިފައިވާ އަދި ނަގަމުންދާ ދަރަނިތަކުން ދިވެހި ދަޢުލަތް އޮތީ ބަނގުރޫޓުވުމަށް ގާތުގައި ކަމަށް ދުނިޔޭގެ މާލީ ޖަމާޢަތްތަކުން ގެންދަނީ ހާމަކުރަމުންކަމަށްވެސް ބުނެފައިވެއެވެ. އެހެންކަމުން ޚަރަދު ކުޑަކުރެއްވި ކަމަށް ވިދާޅުވެ ހެއްދެވީ ވެސް ބޮޑު އިތުރުފުޅެއްކަމަށް އިދިކޮޅުގެ ބަޔާނުގައިވެއެވެ.
ޢަދުލް އިންސާފުގެ ވާހަކަ ދެއްކެވި އިރު، މި ރާއްޖޭގައި ޢަދުލްއިންސާފުގެ ދާއިރާއަށް ސަރުކާރުން އަތްބާނައިގެން މުޅި ނިޒާމު ވަނީ ޚަރާބުކޮށްލައިފައެވެ. އެއްވެސް އަސާސެއް ނެތި އިޖުރާއަތުތަކާ ޚިލާފަށް ޤާނޫނާ ޚިލާފަށް ސަރުކާރުން ބުނި ޙުކުމެއް އިއްވައި، ރައީސް ޔާމީން ވަނީ ނުހައްޤުން ޖަލަށްލެވިފައެވެ. މި ޙުކުމް "އިއްލި، ޤާޟީ ވަނީ އުޞޫލުތަކާއި އާދަކާދަޔާ ޚިލާފަށް އެންމެ މަތީ ކޯޓަށް ކުއްލިއަކަށް ޕްރޮމޯޓްކުރައްވައިފައެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އިއްވަފާ ރިޔާސީ ބަޔާނާއި ދެއްވާ ތަޤުރީރުތަކަކީ ބަޔަކު ލިޔެފައި އަތު ލިޔުމެއް، އޭގައި އޮތް އެއްޗެއް އެނގިވަޑައިގަތުމަކާ ނުލައި ފަރިތަކޮށްލައްވައިގެން ވިދާޅުވާ އެއްޗެއް ކަމަށް ދަންނަވާންޖެހެއެވެ. މިހެން ދަންނަވާންޖެހެނީ އެތައް ބައިވަރު އިތުރުފުޅުތަކެއް (ދޮގުތަކެއް) ހިމެނިފައިވާ އެއްވެސް ތަޤްރީރެއް މިހާތަނަށް ކުރައްވައިފައި ނުވުމާއި ކޮންމެ ރިޔާސީ ބަޔާނަކީ ވެސް ހަޤީގަތް ޚިލާފު ވާހަކަތަކެއް ހިމެނިފައިވާ ބަޔާންތަކެއްކަން ހާމަވެފައިވާތީއެވެ.
– ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން
ރައީސް އިބްރާހީމް ގެ އިތުރުފުޅު (ބުހުތާނު ދޮގު) ތައް އިތުރުވެ، ހައްދު ހަފަނައަޅައި ދިއުމުން، ހައްދުން މަތިން އެކަން ކުއްވެރިކޮށް އެގޮތަށް އިތުރުފުޅު ނޫހެއް ދެ ވުމަށް ރައީސް އިބްރާހީމް އަށް ގޮވާލައިފި. pic.twitter.com/8K4p8apxml
— ރައީސް ޔާމީން މިނިވަންކުރޭ (@AhmedSiddeeq) February 5, 2021
އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާގެ ނުކުޅެދުންތެރިކަމާއި ނާޤާބިލުކަން ފޮރުވުމަށްޓަކައި ތަކުރާރުކޮށް ހައްދަވަމުން ގެންދަވާ އިތުރުފުޅުތަކުން އެމަނިކުފާނުގެ ނާޤާބިލުކަން އިތުރަށް ހާމަވުން ނޫންކަމެއް ނުވާކަމަށާއި، ރައްޔިތުންނަށް އިތުރުފުޅު ހެއްދެވުން ހުއްޓަވައިލައްވައި ދިވެހިރާއްޖޭގެ ދީނާއި ސިޔާދަތު ޙިމާޔަތްކުރެއްވުމަށް މަސައްކަތްޕުޅުތަކެއް ކޮށްދެއްވުމަށްވެސް ގޮވާލާފައިވެއެވެ.
އަދި ވިދާޅުވެވޭ އެއްޗެއް އެނގިވަޑައިނުގެން، މީހަކު ލިޔެފައި އަރުވާހައި ބަޔާނެއް އިއްވެވުމަކީ ރައީސުލްޖުމްހޫރިއްޔާ ކުރައާ ވަރަށް ލަދުވެތި ޢަމަލެއްކަމަށް ބުނެ ފާޑުކިޔަމުން އިދިކޮޅުގެ ބަޔާނުގައި މި ވަގުތު ދިވެހި ޤައުމަށް އެންމެ ފައިދާ ހުރި ގޮތަކީ މި ފަދަ ލަދުވެތި ޢަމަލުތަކުން އެކަހެރިވެވަޑައިގެން، ވެރިކަން ހިންގުމުގެ ޤާބިލުކަން ނެތްކަން ޤަބޫލުކުރައްވައި، އަދި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ނުޙައްޤުން ދެމުންދާ އަނިޔާތައް ހުއްޓާލުމާއި އެމަނިކުފާނު މިނިވަންކުރައްވުމަށްފަހު އަވަހަށް އިސްތިއުޕާދެއްވުމަށްވެސް ރައީސްއަސް ގޮވާލާކަމަށްވެސް އެބަޔާނުގައިވެއެވެ.
ކޮމެންޓު ފޮނުވާ