މާދަމާގެ ބަޔާނަކީ ރައްޔިތުންނަށް ނާއުންމީދު ގެނުވާނެ ބަޔާނެއް: ޝުޖާ

މާދަމާގެ ބަޔާނަކީ ރައްޔިތުންނަށް ނާއުންމީދު ގެނުވާނެ ބަޔާނެއް: ޝުޖާ

Author
މުޙައްމަދު ޝަޒައިމް
03 ފެބްރުއަރީ 2021 10:34
0

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބާއްވާ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ބަޔާނަކީ ރާއްޖޭގެ ރައްތުންނަށް މަޖޫސްކަމާއި، މޮޅިވެެރިކަން އިންތިހާއަށް ގެނުވާނެ ބަޔާނެއްކަމަށް ޕީއެންސީގެ ނާއިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވެއްޖެއެވެ.

ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ޙާލަތު ބަޔާންކޮށްދީ، ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވަންޖެހެއެވެ. މިގޮތުން މާދަމާ ބާއްވާ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިއްވާ ރިޔާސީ ބަޔާނަކީ ރައްޔިތުންނަށް އުންމީދީ ވާހަތަކެއް ގެނުވާނެ ބަޔާނެއްކަމަށް ސަރުކާރުގެ ތަރުޖަމާން ވަނީ ވިދާޅުވެފައެވެ.

ރައީސްގެ ރިޔާސީ ބަޔާނާއި ގުޅޭގޮތުން ޕީއެންސީގެ ނާއިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވީ މިބަޔާނަކީ ރައްޔިތުންނަށް އަޑު އިވުމުގެ ކުރިންވެސް ނާއުންމީދާއި، މާޔޫސްކަން ގެނުވާނެ ބަޔާނެއްކަން ރައްޔިތުން މިހާރުވެސް ގަބޫލު ކުރާކަމަށެވެ. ސަބަބަކީ މިހާތަނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި އެއްވެސް ބަޔާނަކުން ރައްޔިތުންނަށް އުންމީދެއް ލިބިފައި ނުވާތީކަމަށް ޝުޖާ ވިދާޅުވިއެވެ.

މާދަމާގެ ރިޔާސީ ބަޔާނަކީ މާޔޫސްކަމާއި، މޮޅިވެރިކަން ރައްޔިތުންނަށް ގެނުވާނެ ބަޔާނެއްކަން ޔަގީން. ނިމިދިޔަ އަހަރުގެ ބަޔާނުން ހާސިލް ކުރެވުނު އެއްވެސް ކަމެއްނެތް.

– ޝުޖާ ވިދާޅުވިއެވެ.

ޝުޖާ ވިދާޅުވީ 2020 ވަނަ އަހަރު ރައީސް ޞާލިހު މަޖިލީހުގައި އިއްވެވި ރިޔާސީ ބަޔާނުން ހާސިލްވި އެއްވެސް ކަމެއް ނެތްއިރު، އިތުރު މިއަހަރުވެސް އަނެއްކާ އެފަދަ އިތުރު ބަޔާނެއް ދެއްވަން އުޅުއްވުމަކީ ކަންބޮޑުވާކަމެއްކަމަށެވެ. އެއްބަޔާނަށްފަހު އަނެއް ބަޔާން އިއްވުމަށް ތައްޔާރުވެ ވަޑައިގަންނަވާއިރު، ރައްޔިތުން ތިބި ހާލާއި، ދިވެހި ޒުވާނުން މިއަދު ކުރަމުންދާ ހިތްދަތި ތަޖުރިބާގެ މަތީން ހަދާންކޮށްލުން މާރަނގަޅުވާނެކަމަށް ޝުޖާ ވިދާޅުވިއެވެ.

ނިމިދިޔަ 2020 ވަނަ އަހަރުގެ ރިޔާސީ ބަޔާނުން ހާސިލްވި މިންވަރެއް ވިދާޅުވެ ދެއްވާ އެމްޑީޕީގެ ބޭފުޅުން. އެއްވެސް އުންމީދެއްނެތް ވެރިކަމެއް. ރައްޔިތުން ބިކަވެ ނިކަމެތިވެއްޖެ، ޒުވާނުން ދަރަނިވެރިވެ މަގުމަތި ކުރުވައިފި. ވަޒީފާތައް ގެއްލިއްޖެ. މިނިވަންވޭޖް ޖައްވައް.

– ޝުޖާ ވިދާޅުވިއެވެ.

މާދަމާގެ ރިޔާސީ ބަޔާނާއި ގުޅިގެން މަބްރޫކް ވިދާޅުވީ، މިހާތަނަށް އެންމެ ބޮޑު ސަމާލުކަމެއް ސަރުކާރުން ދެއްވާފައިވަނީ ކޯވިޑް-19 ކޮންޓްރޯލްކޮށް މިޙާލަތުން އަރައިގަތުމަށްކަމަށެވެ. އެގޮތުން މިހާރު ކޯވިޑުން ރައްކާތެރިވުމަށް ވެކްސިން ދޭން ފަށާފައިވާކަން ފާހަގަކުރައްވަމުން މަބްރޫކް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާން ވެގެންދާނީ އަލުން ޤައުމު އާރާސްތުކޮށް، ޤައުމު ބިނާކުރުމަށް ސަރުކާރުގެ ފަލްސަފާ ކުރިއަށް ރޭވިފައިވާގޮތް ހާމަކުރައްވާނެ ބަޔާނަކަށްކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ރިޔާސީ ބަޔާން ވެގެންދާނީ ވެރިކަމާ ހަވާލުވެވަޑައިގެން އެމަނިކުފާނު ދެއްވާ 3 ވަނަ ރިޔާސީ ބަޔާނަށެވެ. މިބަޔާނުގައި ރައްޔިތުންނަށް އުފާވެރި ޚަބަރުތަކެއް ދެއްވާނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.