ރައްޔިތުން އަޑު އަހަން މިޖެހެނީ ކުލަނުޖެހޭ އުންމީދުގެ ވާހަކަ: ޝިޔާމް

ރައްޔިތުން އަޑު އަހަން މިޖެހެނީ ކުލަނުޖެހޭ އުންމީދުގެ ވާހަކަ: ޝިޔާމް

Author
މުޙައްމަދު ޝަޒައިމް
03 ފެބްރުއަރީ 2021 10:13
0

ރައީސުލްޖުމްހޫރިއްޔާ ޤައުމުގެ ރައްޔިތުންނަށް އުންމީދު ގެނެސް ދެއްވުމަށް ދެއްވާ ރިޔާސީ ބަޔާންތަކުން ރައްޔިތުން އަޑު އަހަން ޖެހެނީ ކުލަނުޖެހޭ އުންމީދުގެ ވާހަކަ ކަމުގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އިއްވާ 3 ވަނަ ރިޔާސީ ބަޔާން މާދަމާ ހެނދުނު އިއްވާނެއެވެ. މަޖިލިސް މިއަހަރަށް ފެށުމަށް ބާއްވާ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި އުންމީދު މުހިންމު ވާހަތަކެއް ރައްޔިތުންނަށް ގެނެސްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަނު ވަނީ ވިދާޅުވެފައެވެ.

މާދަމާގެ ރިޔާސީ ބަޔާނާއި ގުޅޭގޮތުން ޝިޔާމް ވިދާޅުވީ ރައީސް އެންމެ ފަހުން އިއްވި ރިޔާސީ ބަޔާނުންވެސް އަދި މިހާތަނަށް އިއްވި ދެ ރިޔާސީ ބަޔާނުންވެސް ރައްޔިތުންނަށް ދެއްވި އިތުބާރުގައި އެއްވެސް ޔަގީންކަމެއް ނެތްކަމަށެވެ. ފެނިގެން ދަނީ ރައްޔިތުންނަށް ކުލަ ހުވަފެންތަނާއި ނާއުންމީދީ މަންޒަރުކަމަށެވެ. ރައްޔިތުން މިސަރުކާރު އައުމަށްފަހު މަޖިލިސް ހުޅުވުމަށް ބާއްވާ ކޮންމެ ޖަލްސާއެއްގައި އަޑު އަހަން ޖެހިފައިވަނީ ކުލަ ހުވަފެންތަކުގެ ވާހަތަކާއި، ހީނަރުވަމުންދާ ރާއްޖޭގެ އިޤްތިޞާދުގެ ވާހަކަ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހު 2020 ގައި އިއްވި ރިޔާސީ ބަޔާނުގައި ކުރައްވާނެކަމަށް ވިދާޅުވި އެއްވެސް ކަމެއް ނުކުރައްވާކަން މި އާޓީކަލް ކިޔާލުމުން އެބައެގޭ. ރައްޔިތުން އަޑު އަހަން މިޖެހެނީ ކުލަނުޖެހޭ އުންމީދުގެ ވާހަކަޔާއި ހީނަރު އިޤްތިޞާދުގެ ވާހަކަ އެކަނި.

– ޝިޔާމް ވިދާޅުވިއެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރިޔާސީ ބަޔާން އިއްވެވުމަށް ބާއްވާ ޖަލްސާ އޮންނާނީ މާދަމާ ހެނދުނު 9 ޖަހާއިރުއެވެ.

މާދަމާގެ ރިޔާސީ ބަޔާނާއި ގުޅިގެން މަބްރޫކް ވިދާޅުވީ، މިހާތަނަށް އެންމެ ބޮޑު ސަމާލުކަމެއް ސަރުކާރުން ދެއްވާފައިވަނީ ކޯވިޑް-19 ކޮންޓްރޯލްކޮށް މިޙާލަތުން އަރައިގަތުމަށްކަމަށެވެ. އެގޮތުން މިހާރު ކޯވިޑުން ރައްކާތެރިވުމަށް ވެކްސިން ދޭން ފަށާފައިވާކަން ފާހަގަކުރައްވަމުން މަބްރޫކް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާން ވެގެންދާނީ އަލުން ޤައުމު އާރާސްތުކޮށް، ޤައުމު ބިނާކުރުމަށް ސަރުކާރުގެ ފަލްސަފާ ކުރިއަށް ރޭވިފައިވާގޮތް ހާމަކުރައްވާނެ ބަޔާނަކަށްކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.