މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް މާދަމާ ބާއްވާ ރިޔާސީ ބަޔާނާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒް ދެއްކެވި ވާހަތަކާއި ގުޅިގެން ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެެއިން މުހައްމަދު ލަތީފް މަބުރޫކާއި ސުވާލުތަކެއް ކުރިމަތި ކުރުވައިފިއެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރިޔާސީ ބަޔާން އިއްވެވުމަށް ބާއްވާ ޖަލްސާ އޮންނާނީ މާދަމާ ހެނދުނު 9 ޖަހާއިރުއެވެ. ރިޔާސީ ބަޔާނާއި ގުޅިގެން މަބުރޫބް ބައެއް މީޑިޔާތަކަށް ދެއްވާފައިވާ އިންޓަރވިއުތަކާއި ގުޅިގެން ހުސެއިން ވިދާޅުވީ ރައީސްގެ3 ރިޔާސީ ބަޔާނުންވެސް ރައްޔިތުންނަސް ވަރަށް ގިނަ އުންމީދު ދެއްވި ކަމަށެވެ. ނަމަވެސް އެއްވެސް އުންމީދެއްގައި ކުލަޖެހި ހަގީގަތަކަށް ވެގެން ގޮސްފައިވާތަން ނުފެންނަކަމަށެވެ.
ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ކޮންމެ ރިޔާސީ ބަޔާނެއްގައިވެސް އުންމީދުކޮށްގެން ދިވެހިނަށް މިހާތަނަށް ލިބުނު އުފަލަކީ ކޮބައިތޯ؟ ކާންބޯން ކުރާނެ މަސައްކަތެއް ލިބޭތޯ އުންމީދުކޮށްގެން ތިބެ ދުނިޔެ އަޅާ ދިއުންތޯ؟
– ހުސެއިން ވިދާޅުވިއެވެ.
މާދަމާގެ ރިޔާސީ ބަޔާނާއި ގުޅިގެން މަބްރޫކް ވިދާޅުވީ، މިހާތަނަށް އެންމެ ބޮޑު ސަމާލުކަމެއް ސަރުކާރުން ދެއްވާފައިވަނީ ކޯވިޑް-19 ކޮންޓްރޯލްކޮށް މިޙާލަތުން އަރައިގަތުމަށްކަމަށެވެ. އެގޮތުން މިހާރު ކޯވިޑުން ރައްކާތެރިވުމަށް ވެކްސިން ދޭން ފަށާފައިވާކަން ފާހަގަކުރައްވަމުން މަބްރޫކް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާން ވެގެންދާނީ އަލުން ޤައުމު އާރާސްތުކޮށް، ޤައުމު ބިނާކުރުމަށް ސަރުކާރުގެ ފަލްސަފާ ކުރިއަށް ރޭވިފައިވާގޮތް ހާމަކުރައްވާނެ ބަޔާނަކަށްކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ރިޔާސީ ބަޔާން ވެގެންދާނީ ވެރިކަމާ ހަވާލުވެވަޑައިގެން އެމަނިކުފާނު ދެއްވާ 3ވަނަ ރިޔާސީ ބަޔާނަށެވެ. މިބަޔާނުގައި ރައްޔިތުންނަށް އުފާވެރި ޚަބަރުތަކެއް ދެއްވާނެކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ