ސަލްމާގެ ކުއްލި މަރާއިއެކު މުޅި މާމެންދުއަށް ހިތާމަވެރިކަން

ސަލްމާގެ ކުއްލި މަރާއިއެކު މުޅި މާމެންދުއަށް ހިތާމަވެރިކަން

Author
މުޙައްމަދު ޝަޒައިމް
03 ފެބްރުއަރީ 2021 08:28
0

ގއ. މާމެންދުއަށް އުފަން އުމުރުން 25 އަހަރުގެ ސަލްމާ ނަސީރު ކުއްލި ގޮތަކަށް ނިޔާވުމާއި ގުޅިގެން މުޅި މާމެންދުއަށް ވަނީ ހަމަ ހިމެނޭކަން އައިސްފައެވެ.

ވިހެވުމުގެ ތެރޭގައި ސަލްމާ މިއަދު އޭޑީކޭގައ ނިޔާވުމާއި ގުޅިގެން މުޅި އާއިއާއާއި އެކުވެރިންނަށް ވަނީ ހިތްދަތިކަމާއި ސިހުން ލިބިފައެވެ. ސަލްމާގެ އަލަތު ދަރުފުޅު ވިހޭތާ ގިނަ އިރުތަކެއް ނުވަނީވެސް ސަލްމާ ވަނީ ނިޔާވެފައެވެ. ސަލްމާގެ މައްޗަށް ކުރެވޭ ކަށުނަމާދު މިރޭ 22 ގައި އާސަހަރާ މިސްކިތުގައި ކުރުމަށް ވަނީ ހަމަޖެހިަފައެވެ.

ސަލްމާ ވަކިވެ ދިއުމާއި ގުޅިގެން މުޅި ސޯޝަލް މީޑިޔާގައި ދަނީ އާއިލާއަށް ތައުޒިޔާ ކިޔަމުންނެވެ. އަދި ސަލްމާގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިއުމަތް ލެއްވުން އެދި އެތައް ބަޔަކު ދަނީ ދުޢާކުރަމުންނެވެ. ޚަބަރު އޮންލައިންގެ ފަރާތުންވެސް ސަލްމާގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރިވެ ނިއުމަތް މިންވަރުކުރައްވައި، އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކުރަމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޝ ޝަފީޤް
މައްޔިތާގެ ފާފަ ފުއްސަވައިި ހެޔޮ ރަޙްމަތް ލައްވާށި. ޢާއިލާާއަށް ކެއްތެރިކަން ދެއްވާށި. އާމީން