މިހާތަނަށް 880 މީހަކަށް ވެކްސިން ދީފި

މިހާތަނަށް 880 މީހަކަށް ވެކްސިން ދީފި

Author
މުޙައްމަދު ޖިމީ
02 ފެބްރުއަރީ 2021 10:22
0

ރާއްޖެއިން މިހާތަނަށް 880 މީހަކަށް ކޯވިޑް-19ގެ ވެކްސިން ދީފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ މިއަދު 554 މީހަކަށް ވެކްސިން ދީފައިވާކަމަށެވެ. މިއީ ވެކްސިން ދޭން ފެށިތާ ދެވަނަ ދުވަހެވެ. މިހާތަނަށް 880 މީހަކަށް ވެކްސިން ދީފައިވާއިރު، މާލެ ސަރަޙާއްދުން 666 މީހަކަށް ވަނީ ވެކްސިން ދީފައެވެ. އަތޮޅުތަކުން 214 މީހަކަށް މިހާތަނަށް ވެކްސިން ދީފައިވެއެވެ.

ވެކްސިން ޕްރޮގްރާމްގެ ތެރެއިން މާލެ ސަރަހައްދުގައި 6 ތަނަކުން ވެކްސިން ޖަހައިދެމުން އަންނައިރު، އަތޮޅުތަކުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލާއި، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ވަނީ މި ދެދުވަހު ވެކްސިން ދީފައެވެ. ނަމަވެސް މާދަމާއިން ފެށިގެން ރާއްޖޭގެ ރާއްޖޭގެ ހުރިހާ ހޮސްޕިޓަލްތަކަކުން ވެކްސިން ދޭނެކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އަދި މާދަމާ މާލެ ސަރަހައްދުގައި70 އަހަރުން މަތީގެ މީހުންނަށްވެސް ވެކްސިން ދޭން ފަށާނެއެވެ.

ކޯވިޑް-19 ގެ އަދަދުތައް އިތުރުވާ ނަމަ، ވެކްސިން ދިނުމުގައި ލަސްތަކެއް ދިމާވެދާނެ ކަމަށްވެސް އެޗްއީއޯސީން ބުނެއެވެ. ހާއްސަކޮށް، އެޑްމިޓް ކުރާ މީހުންގެ އަދަދު އިތުރުވަމުންދާ ނަމަ، ވެކްސިން ދިނުމަސް ބުރޫ އަރާނެ ކަން އެޗްއީއޯސީން ފާހަގަ ކުރެއެވެ.

ރާއްޖޭގައި މިހާތަނަށް ދޭން ފަށާފައިވަނީ އޮކްސްފޯޑް-އެސްޓްރާޒެނެކާއިން އުފެއްދި "ކޮވިޝީލްޑް" ވެކްސިނެވެ. މި ވެކްސިންގެ 100000 ޑޯޒް އިންޑިއާ ސަރުކާރުން ރާއްޖެއަށް މުޅިން ހިލޭ ވަނީ ފޯރުކޮށްދީފައެވެ. އެއީ 50 ހާސް މީހުނަށް ޖެހޭނެ އަދަދުގެ ވެކްސިނެވެ. މި ވެކްސިންގެ 2 ޑޯޒް ކޮންމެ މީހަކުވެސް ހަމަކުރަންޖެހެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.