ކޯވިޑާއި ގުޅިގެން އަޅާ ފިޔަވަޅުތަކާއި ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށްފި

ކޯވިޑާއި ގުޅިގެން އަޅާ ފިޔަވަޅުތަކާއި ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށްފި

Author
މުޙައްމަދު ޝަޒައިމް
02 ފެބްރުއަރީ 2021 07:00
0

ރާއްޖޭގައި ކޯވިޑް-19 ގެ ބަލި ފެތުރޭ މިންވަރު ކުއްލިގޮތަކަށް އިތުރުވާން ފެށުމާ ގުޅިގެން، މާލޭ ސަރަޙައްދުގައާއި އަތޮޅުތެރޭގައި އަޅުއްވަމުން ގެންދަވާނެ ފިޔަވަޅުތަކާ ބެހޭގޮތުން ވީޑިއޯ ކޮންފަރަންސް މެދުވެރިކޮށް މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މަޝަވަރާކުރައްވައިފިއެވެ.

މިއަދުގެ ޖަލްސާގައި، މި ބަލި ފެތުރުން ކުޑަކުރުމަށްޓަކައި މިހާރުން މިހާރަށް އަޅުއްވަން ނިންމަވާފައިވާ ފިޔަވަޅުވަތަކާ ގުޅޭ މަޢުލޫމާތު ވަޒީރުންނާ ހިއްސާ ކުރެއްވިއެވެ. އަދި މި ފިޔަވަޅުތަކަށް ސަމާލުކަން ދެއްވައިގެން ހުރިހާ އިދާރާތަކުންވެސް ކަންތައްތައް ރާވަމުންގެންދެވުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

އަދި ކޮންމެހެން ދެއްވަންޖެހޭ ޚިދުމަތްތައްވެސް ކުރިއެކޭ އެއްގޮތަށް ދެއްވުމަށްޓަކައި، ކުރައްވަންޖެހޭ ކަންތައްތަކާ ބެހޭގޮތުންވެސް މިއަދުގެ ޖަލްސާގައި މެންބަރުން ވާހަކަފުޅުދެއްކެވިއެވެ.

ރާއްޖެއިން ކޯވިޑްގެ ކޭސްތައް އިތުރުވާތީ، މިހާރުވަނީ ފިޔަވަޅުތައް ހަރުދަނާކޮށް، ދީފައިވާ ލުއިތައް އަލުން މުރާޖާ ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.