މަތިވެރިން އިތުރު މީހަކު ޕޮޒިޓިވްވެއްޖެ

މަތިވެރިން އިތުރު މީހަކު ޕޮޒިޓިވްވެއްޖެ

Author
ޢަލީ އާދަމް
02 ފެބްރުއަރީ 2021 06:15
0

އއ. މަތިވެރިން އިތުރު މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

މަތިވެރިން ކޯވިޑުގެ ކޭސްތަކެއް ފެނިފައިވަނީ މާލެއިން އެ ރަށަށްދިޔަ ދެ މީހަކު ޕޮޒިޓިވްވިތާ މާގިނަ ދުވަސްތަކެއްނުވެ ޕޮޒިޓިވްވި މީހުން ތިބިގޭގެ ދެކުއްޖަކު ހުން އައިސްގެން ނެގި ސާމްޕަލްތަކުންނެވެ. މިފަހަރުވެސް ޕޮޒިޓިވް ވެފައި ވަނީ އެމީހުން ކަރަނޓީނުގައި ތިބި ގޭގެ މީހެއް ކަމަށް މަޢުލޫމާތު ލިބެއެވެ.

މިއަދު ޕޮޒިޓިވްވީ އެރަށުގައި ކޯވިޑް ފެތުރެން ފެށުމާއެކު ނެގި47 ސާމްޕަލްތެރެއިން އެއް ސާމްޕަލެވެ. މިއަދުވެސް އިތުރު 18 ސާމްޕަލް އެރަށުން ނަގާފައި ވާކަމަށް ރަށު ކައުންސިލުން މަޢުލޫމާތުދެއެވެ.

މާލެއިން ރަށަށ ްގޮސް ކަރަންޓީނުގައި ތިބި ދެމީހުން ޕޮޒިޓިވްވީފަހުން އެމީހުން ތިބި ގޭގެ ކުޑަ2 ކުދިން ޕޮޒިޓިވްވެފައި ވަނީ ހުން އައުމުގެ ސަބަބުން ނެގި ސާމްޕަލުންނެވެ. އަދި މި ދެކުދިން ޕޮޒިޓިވް ވުމާއެކު އެޗްޕީއޭއިން އެރަށް ވަނީ މޮނިޓަރިންގ ހާލަތަށް ގެނެސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.