ޕްރީ ސްކޫލްތަކާއި ޑޭކެއަރގެ ޚިދުމަތްތައް ބަންދުކޮށްފި

ޕްރީ ސްކޫލްތަކާއި ޑޭކެއަރގެ ޚިދުމަތްތައް ބަންދުކޮށްފި

Author
މުޙައްމަދު ޖިމީ
02 ފެބްރުއަރީ 2021 05:26
0

ޕްރީ ސްކޫލްތަކާއި، ނާރސަރީތަކާއި، ޑޭ-ކެއަރ ޚިދުމަތްދޭ ތަންތަން ބަންދުކުރަން ނިންމައިފިއެވެ.

ޕްރީ ސްކޫލްތަކާއި، ނާރސަރީތަކާއި، ޑޭ-ކެއަރ ޚިދުމަތްދޭ ތަންތަން ބަންދުކުރަން ިންމާފައިވަނީ ދެ ހަފްތާގެ މުއްދަތަކަށެވެ. އެތަންތަން ބަންދުކުރުމަށް ނިންމާފައި މިވަނީ ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވެފައިވާތީއެވެ. ެތަންތަން ބަންދުކުރިނަމަވެސް، ޕްރީ ސްކޫޅުން މަތީގެ ދަރިވަރުންނަށް ސްކޫލް ބަންދުކުރުމަށް ނިންމާފައެއް ނުވެއެވެ.

ރާއްޖޭގައި ސްކޫލްތައް އަލުން ހުޅުވާފައިވަނީ ކޯވިޑާއި ގުޅިގެން ވަރަށް ގިނަ ދުވަހު ބަންދުކޮށްފައި ބޭއްވުމަށްފަހުއެވެ. ސްކޫލްތައް ނުުހުޅުވުމުގެ ސަބަބުން ދަރިވަރުންނަށް ވަރަށް ބޮޑު އަސަރެއްކުރިކަމަށާއި، އެގޮތުން އިޖްތިމާޢީ ގޮތުންނާއި، ކުދިންގެ އަޚްލާގަސްވެސް ބަދަލު އައިސްފައިވާކަމަށް އެޗްއީއޯސީގެ ތަރުޖަމާން ޑރ.ފާޠިމަތު ނަޒްލާ ރަފީޤް ވިދާޅުވިއެވެ.

ގިނަ ދުވަސްތަކަކަށްފަހު އަލުން ސްކޫލްތައް ހުޅުވާފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ. އެއީ މިއަހަރުގެ ދެވަނަ ސެމިސްޓަރގެ ކިޔެވުމެވެ. ދިރާސީ އަހަރުގެ ކިޔެވުން ނިމޭނީ އަންނަ އަހަރުގެ ޖޫންމަހުގެ 24ގައެވެ. އަދި 2021 ވަނަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ އޯގަސްޓް މަހުގެ 11ވަނަ ދުވަހުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހުސެއިން ނައީމް
މިކަމަށް ހައްލެއް ނުހޯދިގެން ޕްރީ ސުކޫލު ބަނދު ކުރޔަސް ގްރޭޑް ސުކޫލު ބަނދުނުކުރަނީ ކީއްވެ؟ މީ ހަމަ ބޭއިންސާފު. ހަމަ މިވަގުތު އެ ގުރޭޑް 1 ކުން 8 ބަންދުކުރޭ! މުޒާހަރާ ކުރާ ވަރަށް ރުޅި އައިސި!
މ މަރިޔަމް ހުބާ
މިވަގުތު ގްރޭޑް ސުކޫލު ބަނދުކުރޭ!
ފ ފާތިމަތު ރިޔާށާ
ގްރޭޑް 1 ކުން 8 ކަށް މިހާރު ބަނދުކުރޭ
މ މަރިޔަމް ސައީދާ
ގްރޭޑް ސުކޫލުވެސް ބަނދުކުރޭ!