ކާފިއު ވަގުތު އިތުރުކޮށް އުޅަނދު ދުއްވުން މަނާ ގަޑިތައް ކަނޑައަޅައިފި

ކާފިއު ވަގުތު އިތުރުކޮށް އުޅަނދު ދުއްވުން މަނާ ގަޑިތައް ކަނޑައަޅައިފި

Author
މުޙައްމަދު ޖިމީ
02 ފެބްރުއަރީ 2021 05:20
0

މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ކާފިއު ވަގުތު އިތުރުކޮށް، ބައެއް ގަޑިތަކުގައި ދުއްވާ އެއްޗެހި ދުއްވުން މަނާކޮށްފިއެވެ. އެޗްޕީއޭއިން މިގޮތަށް ނިންމާފައިވަނީ މާލެ ސަރަހައްދުގައި ކޯވިޑް-19ގެ ކޭސްތައް އަނެއްކާވެސް އިތުރުވެފައިވާތީ، ބަލި ކޮންޓްރޯލްކުރުމަށް އަޅާ ފިޔަވަޅުތަކެއްގެ ގޮތުގައެވެ.

އެގޮތުން ރޭގަނޑު 11 އިން ފެށިގެން ފަތިހު 0430 ހާއި ހަމައަށް ގްރޭޓަރ މާލެ ސަރަހައްދުގައި ކާފިއު ކުރިއަށް އޮތް 2 ހަފްތާއަށް އިތުރުކުރުމާއެކު ރޭގަނޑު 0830 އިން ފެށިގެން ފަތިހު 04:30 އާއި ހަމައަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދުފަހަރު ދެހަފްތާއަށް މަނާކުރުމަށް ވަނީ ނިންމާފައެވެ.

މި ފިޔަވަޅުތަކަށް ޢަމަލުކުރަން ފަށާނީ މިރޭ 12 އިން ފެށިގެންނެވެ. ފެށިގެންނެވެ. މީގެ އިތުރުން ޕާކުތަކާއި މައިޒާންތަކަށް ޒިޔާރަތްކުރުން ހުއްޓައިލުން ހިމެނެއެވެ. އެހެންނަމަވެސް ކަސްރަތުކުރުމަށް ކަނޑައަޅައިފައިވާ ޕާކުތަކުގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ ގައިޑްލައިނާ އެއްގޮތަށް ކުރިޔަށް ގެންދެވޭނެކަމަށް އައު ފިޔަވަޅުގައި ހިމެނއެވެ.

މީގެ އިތުރުން ޔުނިވަރރސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުމާއި، އެކަނި ކުރާ ކަސްރަތުތައް ފިޔަވައި، ކުޅިވަރު ހަރާތްތަކާއި ކަސްރަތު ހަރަކާތްތައް ހުއްޓައިލުމަށްވެސް ކަނޑައަޅާފައިވެއެވެ. އަދ ިޚާާއްޞަ ހުއްދައިގެ ދަށުން ޟަރޫރީ ބޭނުންތަކަށް މާލެ ސަރަޙައްދުން ރަށްރަށަށް ދާ ފަރާތްތަކުން ދަތުރުކުރުމުގެ 72 ގަޑިއިރުގެ ތެރޭގައި ހަ ދައިފައިވާ ނެގެޓިވް ޕީ.ސީ.އާރު ޓެސްޓު އޮނަންޖެހޭކަމަށްވެސް އައު ފިޔަވަޅުގައި ހިމަނާފައިވެއެވެ.

ރާއްޖޭގައި ބަލިން ރައްކާތެރިވުމަށް އައު ފިޔަވަޅުތައް އަޅާފައި މިވަނީ ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަަދަދު އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން މިހާރުވެސް ކޯވިޑަށް ފަރުވާދެމުން އަންނަ ބަލި މީހުންގެ ގޮތުގައި 1800 އަށް ވުރެ ގިނަ މީހުން އެބަތިއްބެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.