މޫސުމާބެހޭ ގައުމީ އިދާރާއިން މިއަދު ހެނދުނު ނެރުނުވައިޓް އެލާޓް ހަވީރު ހަޔަކަށް އިތުރުކުރުމަށް ފަހު، އެލާޓް ނެރެފައިވާ ސަރަހައްދަށް އުދަ އެރުމުގެ ފުރުސަތު އޮތްކަމަށް ބުނެފި އެވެ.
ހެނދުނު ހަޔަކުން މެންދުރު12 އަށް މެޓް އޮފީހުން ވައިޓް އެލާޓް ފުރަތަމަ ނެރުނީ ށ އަތޮޅުން ފެށިގެން މ އަތޮޅާ ދެމެދަށެވެ. ނަމަވެސް މެންދުރު 12 އިން ހަވީރު 6 އާއި ހަމައަށް ވައިޓް އެލާޓް ނެރެފައި ވަނީ ށ އަތޮޅާއި ވ. އަތޮޅާ ދެމެދަށެވެ.
މެޓް އޮފީހުން ބުނީ އެލާޓް ނެރެފައިވާ ސަރަހައްދަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭކަމަށެވެ. އަދި އެ ސަރަހައްދުގެ ރަށްރަށަށް އުދަ އެރުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
Alert White for strong winds of 19-24 mph with rough seas and wave surges. pic.twitter.com/HVZRorZ3qY
— Maldives Meteorology (@MetMaldives) February 2, 2021
މީގެއިތުރުން ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރެވެހުން އެކަށީގެން ވާކަމަށްވެސް މެޓް އޮފިހުން ބުނެއެވެ.
ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. ދެކުނު އަތޮޅުތަކަށް އުތުރާއި އިރުއުތުރުން ގަޑިއަކި 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހާމަކުރެއެވެ.
އެހެންކަމުން އުުތުރާއި މެދުރާއްޖެތެރޭގައި މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން އިލްތިމާސްކުރެއެވެ.
ކޮމެންޓު ފޮނުވާ