ބަޔާނުގައި ސޮއިކުރެއްވުމަށް ރައީސް ޔާމީން ޕޮލިހަށް ހާޒިރުކޮށްފި

ބަޔާނުގައި ސޮއިކުރެއްވުމަށް ރައީސް ޔާމީން ޕޮލިހަށް ހާޒިރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
02 ފެބްރުއަރީ 2021 01:12
0

ފުލުހުން ތަހުގީގު ކުރި މައްސަލައެއްގެ ތައްޔާރުކޮށްފައިވާ ބަޔާނުގައި ސޮއިކުރުވަން ރައީސް ޔާމީން ފުލުހަށް ހާޒިރުކޮށްފިއެވެ.

ރައީސް ޔާމީން މިހާރު އިންނެވީ ފުލުސް އޮފީހުގައެވެ. ރައީސް ޔާމީން ހާޒިރުކޮށްފައިވަނީ ކޮން މައްސަލައެއްގައި ތަހުގީގު ކުރި މައްސަލައަކާއި ގުޅިގެންކަމެއް އަދި ނޭގެއެވެ.

ރައީސް ޔާމީންއާއި ގުޅުންހުރި މައްސަލަތަކެއް ފުލުުހުން ތަހުގީގް ކުރަމުންދާއިރު، އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަތަކާއި ގުޅިގެން އެމަނިކުފާނުގެ މައްޗަށް ގިނަ ތުހުމަތުތަކެއް ވަނީ ކޮށްފައެވެ.

އޭގެ ތެރެއިން ބައެއް މައްސަލަތަކުގައި ސާބިތުވެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުންދާއިރު، އިތުރު މައްސަލަތަކެއްގައި މިހާރުވެސް ޝަރީއަތް ދަނީ ހިންގަމުންނެވެ. އެމްއެމްޕީއާރުސީ މައްސަލައަކީ އެތައް ބައެއްގެ ޝާމިލުވުން އޮތް މައްސަލައަކަށްވާއިރު މިމައްސަލާގައި ރައީސް ޔާމީނާއި ގުޅުންހުރި މައްސަލަތައް އެކަނި ބަލަމުންދާކަމީ އިދިކޮޅު ފަރާތްތަކުން ވަރަށްބޮޑު ކަންބޮޑުވުމެކެވެ.

އިދިކޮޅު ފަރާތްތަކުން ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި މާލެއާއި މުޅި ރާއްޖޭގައި އިހުތިޖާޖު ކުރަން ފެށުމުން އެމަނިކުފާނުގެ އިތުރު މައްސަލަތައް ބަލައި، ތަހުގީގުތައް އަވަސް ކުރަމުންދާކަމަށް އިދިކޮޅު ފަރާތްތަކުން މިއަދު ބޭއްވި އިހުތިޖާޖުގައިވެސް ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.