މީގެ 41 އަހަރު ކުރިން އެއްބަނޑު އެއްބަފާ އަންހެން 2 ކޮއްކޯފުޅު އަވަހާރަވި ހިތާމަވެރި ހާދިސާއާއި ގުޅިގެން ބައްޕާފުޅު ލިޔުއްވި ޅެންފޮތާއި، ބައެއް ޅެން މިނިސްޓަރ ޢަބްދުﷲ ޝާހިދު އައު ކުރައްވައި ހިއްސާ ކުރައްވައިފި އެވެ.
މިނިސްޓަރ ޝާހިދު ހަނދާން އާކުރައްވާފައި ވަނީ ދެ ކޮއްކޯފުޅު ފާތުމަތު ޝާހިދާ އާއި އާމިނަތު ޝާހިދާ ކެޔޮދޫގައި މޫދަށް އެރި އުޅުއްވަނިކޮށް އަވަހާރަވި ހާދިސާ އެވެ. މީގެ 41 އަހަރުކުރިން ހިނގި މިހާދިސާގެ ހަނދާންތައް މިއަދުވެސް ޝާހިދު އާކުރައްވާއިރު، މިއީ ޝާހިދުގެ ހަޔާތުގައި ލިބިފައިވާ އެންމެބޮޑު އެއް ހިތާމައެވެ.
41 އަހަރު ކުރިން ވ. ކެޔޮދޫ މޫދުގައި ހިނގި ހިތާމަވެރި ޙާދިސާގައި ކޮށްކޮމެން އަވަހާރަވުމާ ގުޅިގެން އަޅުގަނޑުގެ ބައްޕަ موسي جميل ހައްދަވާފައިވާ 45 ޅެމެއް އެކުލެވޭ ޅެންފޮތް ‘އަންހެންދެބެންގެ ހަނދާނުގައި’ ހިމެނޭ ‘ކެޔޮދުއަށްކުރެވުނު ހިތާމަވެރިދަތުރު’ ތިޔަބޭފުޅުންނާ ހިއްސާކޮށްލަމެވެ. pic.twitter.com/tnRhrqXrm6
— Abdulla Shahid (@abdulla_shahid) February 2, 2021
މިނިސްޓަރ ޝާހިދު ވަނީ މީގެ އެތަކެއް އަހަރު ކުރިން ބައްޕާފުޅު މޫސާ ޖަމީލު މިހާދިސާއާއި ގުޅިގެން ލިޔުއްވާފައިވާ ޅެން ފޮތާއި، އެފޮތުގައިވާ ބައެއް ޅެންތައް ހިއްސާ ކުރައްވާފައެވެ. ޝާހިދުގެ ދެ ކޮއްކޯފުޅުގެ ހަނދާންތައް އާކޮށް ސޯޝަލް މީޑިޔައަށް ދޫކޮށްލުމުން އެތައް ބަޔައެއްގެ ސަމާލުކަން މި ހަނދާންތަކަށް ވަނީ ހުއްޓިފައެވެ.
ޝާހިދުގެ އާއިލާ އެދުވަސްވަރު ޗުއްޓީގައި ކެޔޮދުއަށް ވަޑައިގެން ޗުއްޓީ ހޭދަކުރައްވައެވެ. ނަމަވެސް އެ ހިތާމަވެރި ހާދިސާ ހިނގި 1980 ވަނަ އަހަރުގެ ޗުއްޓީގައި ޝާހިދު އެރަށަށް ވަޑައިނުގަންނަވައެވެ. އެދެބޭފުޅުން އަވަހާރަވީ ހާދިސާ ހިނގީ ކިހިނެތްކަމެއް އަދި މިހާތަނަށްވެސް ވަނީ ނޭނގިއެވެ.
ކޮމެންޓު ފޮނުވާ