އުތުރާއި މެދުރާއްޖެތެރޭގެ މޫސުން ގޯސްވާނެކަމަށް ލަފާކޮށް ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފިައެވެ.
އެލާޓް ނެފައިވަނީ ށ އަތޮޅުން ފެށިގެން މ އަތޮޅާއި ހަމަށެވެ. މެޓް އޮފީހުންވަނީ ހެނދުނު ހަޔަކުން މެންދުރު ބާރަޔަށް ށ އަތޮޅުން ފެށިގެން މ އަތޮޅާއި ހަމައަށް އެލާޓް ނެރެފައެވެ. އެ އިދާރާއިން ވިދާޅުވީ އެ ސަރަހައްދުގައި ގަޑިއަކު 9 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭކަމަށެވެ.
އެ އިދާރާއިން ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއި އެކު ވިއްސާރަކުރާނެކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށްވެސް މެޓް އޮފީހުން ވިދާޅުވެއެވެ.
ރާއްޖޭގެ މޫސުމަށް ލަފާކުރާ ގޮތަށް ބަލާއިރު މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. ދެކުނު އަތޮޅުތަކަށް އުތުރާއި އިރުއުތުރުން ގަޑިއަކި 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހާމަކުރައްވައެވެ.
ކޮމެންޓު ފޮނުވާ