ސައިކަލުތަކާއި ސީޕީ ހަވާލުވުމުން އެކަން ނުކުރެއްވުމަށް ލަޠީފް އިލްތިމާސްކުރައްވައިފި

ސައިކަލުތަކާއި ސީޕީ ހަވާލުވުމުން އެކަން ނުކުރެއްވުމަށް ލަޠީފް އިލްތިމާސްކުރައްވައިފި

Author
މުޙައްމަދު ޖިމީ
02 ފެބްރުއަރީ 2021 12:17
0

ލިޓަސް އޮޓޯ މޯބައިލްސްގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހަތަރު ސައިކަލު ހަދިޔާކުރުމުން، ސީނިއަރ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އިބްރާހިމް ލަތީފް ފާޑު ވިދާޅުވެއްޖެއެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި  ލިޓަސްގެ ފަރާތުން ވަނީ، އޯޖޫ ބްރޭންޑްގެ ހަތަރު ސައިކަލު ފުލުހުންނަށް ހަދިޔާކޮށްފައެވެ. މިކަމާއި ގުޅިގެން ރިޓަޔަރޑް އިބްރާހީމް ލަތީފް ވަނީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދަށް އެކަން ނުކުރެއްވުމަށް އެދިވަޑައިގެންފައެވެ. އަދި އެ ތަކެއްޗާއި ހަވާލުނުވުމަށްވެސް އިލްތިމާސްކުރެއްވިއެވެ.

އަމިއްލަ ފަރާތްތަކުން ފުލުހުންގެ އޮޕަރޭޝަންތަކަށް މިފަދަ ތަކެތި ހަދިޔާކުރުމުން ބައެއް ފަރާތްތަކުން ފާޑުކިއުން މީގެ ކުރިންވެސް އަމާޒުކޮށްފައިވެއެވެ. ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ސައިކަލުގެ ވިޔަފާރި ކުރާ ލިޓަސް މޯލްޑިވްސްގެ ފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށްވެސް މީގެ ކުރިން  4 ސައިކަލު ހަދިޔާކޮށްފައިވެއެވެ.

ލިޓަސް އޮޓޯ މޯބައިލްސްގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހަތަރު ސައިކަލު ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވަނީ އެ ސައިކަލު ތަކާއި ހަވާލުވެވަޑައިގެން ޝުކުރު އަދާކުރައްވާފައެވެ. މި ރަސްމިއްޔާތުގައި ފުލުހުންގެ އިސް އޮފިސަރުންގެ އިތުރުން ލިޓަސްގެ އިސް ބައެއް މުވައްޒަފުން ބައިވެރިވެލެއްވިއެވެ.

ފުލުހުންނށް ހަދިޔާކުރި ސައިކަލް ތަކާއި ސީޕީ ހަމީދު ހަވާލުވެވަޑައިގަތުމުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އިބްރާހިމް ލަތީފް ފާޑުވިދާލުވެފައިވާއިރު، ރިޓަޔަރޑް ލަޠީފަކީ ފުލުހުންގެ ޚިދުމަތުގައި 23 އަހަރު ހޭދަކުރައްވާ އެތައް ތަޖުރިބާތަކެއްލިބިވަޑައިގެން ހުންނެވި އަދި ދިވެހި ފުލުހުންނަށް އަގުހުރި ގިނަގުނަ ޚިދުމަތްތަކެއް ފޯރުކޮށްދީފައިވާ ބޭފުޅެކެވެ.

އެގޮތުން ސިފައިންގެ ދައުރުގައި ސެކިއުރިޓީ ޑިވިޜަންގެ ކޮމާންޑިންގ އޮފިސަރުގެ މަޤާމު ފުރުއްވާފައިވެއެވެ. އަދި ފުލުހުންގެ ހެޑް އޮފް ކްރިމިނަލް އިންވެސްޓިގޭޝަންގެ މަޤާމާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމު ފުރުއްވާފައިވެއެވެ. ފުލުހުންގެ ޚިދުމަތުގައި އަމިއްލަ އިސްނެންގެވުމާއެކު ގިނަގުނަ ޕްރޮޖެކްޓްސްތައް ހިންގަވައި ދާއިރާއިން ލިބިވަޑައިގެންނެވި ތަޢުލީމާއި ތަމްރީނުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިއްޕަވައި ޤައުމާއި ރައްޔިތުންގެ މުސްތަޤުބަލަށް އަގުނުކުރެވޭ ވަރުގެ ޚިދުމަތްތަކެއް ފޯރުކޮށްދީފައިވާކަން ފާހަގަކުރެވެއެވެ. އެހުރިހައި ޚިދުމަތްތަކަށް މިފަދަ ލިޔުމެއްގައި އަލިއަޅުވާލުމަކީ ކުރެވޭނެ ކަމެއްވެސް ނޫނެވެ.

ފުލުހުންގެ ވަޒީފާއިން 2007 ވަނަ އަހަރުގެ ތެރޭގައި އަމިއްލަފުޅަށް ރިޓަޔަރކުރެއްވުމަށްފަހު މިހާރު މަސައްކަތްކުރައްވަނީ ވެސްޓަރން އޮސްޓްރޭލިޔާ ޕޮލިސްގެ ސީނިއަރ އެޑްވައިޒަރެއްގެ މަޤާމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.