ވަހީދު، ނަޝީދަށް: މިޔަމްމާގެ ބަޣާވާތާއި، 7 ފެބްރުއަރީގެ ރިޔާސީ އިސްތިއުފާއާއި އެއްވަރު ނުކުރެވޭނެ

ވަހީދު، ނަޝީދަށް: މިޔަމްމާގެ ބަޣާވާތާއި، 7 ފެބްރުއަރީގެ ރިޔާސީ އިސްތިއުފާއާއި އެއްވަރު ނުކުރެވޭނެ

Author
މުޙައްމަދު ޝަޒައިމް
01 ފެބްރުއަރީ 2021 03:42
0

2012 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 7 ވަނަ ދުވަހު ރައީސްކަމުގެ މަޤާމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމާއި މިޔަމްމާގައި ހިނގާ މިލިޓަރީ އިންޤިލާބާއި އެއްވަރު ނުކުރެވޭނެ ކަމަށް ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

މިޔަމްމާގެ އަސްކަރިއްޔާއިން އެޤައުމުގެ ލީޑަރު އަން ސަން ސޫކީ ހައްޔަރު ކުރުމާއި ގުޅިގެން 7 ފެބުރުއަރީ 2012 ގެ ހަނދާން އާކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ބަރުމާގައި ހިނގަމުދަނީ ބަޤާވާތެއްކަމަށެވެ. އަދި އޭއީ އެމަނިކުފާނު ވެރިކަމުން ވައްޓާލުމަށް ރާއްޖޭގައިވެސް އޭރު ހިންގިފަދަ ބަޢާވާތެއްކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މިހާރު ބަރުމާގައި ހިނގަމުންދާ ކަންތައްތަކާއި، އެމެރިކާގެ ވެރިކަން ބަދަލުވުމުގެ ތެރޭގައި ހިނގައިދިޔަ ކަންތައްތަކަކީ ރާއްޖޭގައި ހިނގައިދިޔަ ކަންތައްތަކާއި އެއްފަދަ ކަންތައްތަކެއް ކަމަށެވެ. އަދި މިއީ ބަޢާވާތުގެ ކަންތައްތަކެއްކަމަށް ރައީސް ނަޝީދު ވަނީ ސިފަ ކުރައްވާފައެވެ.

ރައީސް ނަޝީދުގެ ވާހަތަކާއި ގުޅިގެން އޭރު ރައީސް ނަޝީދުގެ ވެރިކަމުގައި ނާއިބް ރައީސަކަށް ހުންނެވި ޑރ.ވަހީދު ވިދާޅުވީ 7 ފެބްރުއަރީ 2012 ވަނަ ދުވަހު އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމަށްފަހު ވެރިކަން ސިފައިންނާއި ފުލުހުން ވައްޓާލީކަމަށް ވިދާޅުވުމަކީ ދިވެހި އަސްކަރިއްޔާއަށް ކުރާ ވަރަށް ބޮޑު ގޯނާއެއްކަަމަށެވެ.

މިޔަންމާގެ މިލިޓްރީ އިންގިލާބާ ފެބްރުއަރީ 7ގެ ރިޔާސީ އިސްތިއުފާޔާ އެއްވަރު ކުރުމަކީ ދިވެހި ލޮބުވެތި ސިފައިންނަށް ގޯނާކުރުން.

– ރައީސް ވަހީދު ވިދާޅުވިއެވެ.

7 ފެބްރުއަރީ 2012 ވަނަ ވެރިކަން ބަދަލުވެފައިވާ ގޮތާއި ގުޅޭގޮތުން އެކުލަވާލި ކޯނީ ރިޕޯޓުން ހާމަވެފައިވަނީ ވެރިކަމުން ރައީސް ނަޝީދު އިސްތިއުފާ ދެއްވާފައިވަނީ އެއްވެސް މަޖުބޫރުކަމެއްނެތި އަމިއްލަ އިހުތިޔާރުގައިކަމަށެވެ. ރައީސް ނަޝީދު ވަނީ ވެރިކަމުން 7 ފެބްރުއަރީ 2012 ގައި އިސްތިއުފާ ދެއްވައި ޖެހިގެން އައި 8 ފެބުއަރީގައި ގިނަ އަދަދެއްގެ ބަޔަކާއިއެކު ރާއްޖޭގެ އެތައް މުވައްސަސާއެއްގައި ހުޅުހައި އަންދާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.