މިއުޅެނީ ކޮން ކަމެއް ނުވެގެން ހެއްޔެވެ؟؟؟

މިއުޅެނީ ކޮން ކަމެއް ނުވެގެން ހެއްޔެވެ؟؟؟

ގުޅުންހުރި

މިއީ މިފަހަކަށް އައިސް މީސް މީޑިއާއިން ފެންނަ ވީޑިއޯ ތަކެކެވެ. ކޮންމެ ވީޑިއޯއެއް ނިންމަމުންވެސް ކޮށްލަނީ ސުވާލެކެވެ. ވާނެތޯއެވެ. މިވަރަކަށް ވާނެތޯ ސުވާލުކުރާތީ މި ނުވަގެން އުޅެނީ ކޮންކަމެއްތޯވެސް އެބަ ބަލަންޖެހޭ ތާއެވެ.

މިއީ ކޮންމެވެސް ކަމަކަށް ހިންގާ މީސް މީޑިއާ ކެމްޕެއިނެއްކަން ކަށަވަރެވެ. ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ މީސްމީޑިއާ ޕްލެޓް ފޯމްތަކުން ފެންނަ މިވީޑިއޯތައް ފެށިގެން އައިގޮތަށް ބަލާއިރު އެންމެ ފުރަތަމަ ފެނުނީ ވާނެތަ؟ މި ސުވާލުކޮށްފައިވާ ޕޯސްޓަރެކެވެ. ޕޯސްޓަރުގެ ކެޕްޝަންގައި ލިޔެފައިވަނީ ފެއިލްވުމަކީ މައްސަލައެއް ނޫންކަމަށެވެ. އަދި ފެއިލްވިޔަސް އެންމެ ފަހަރަކު ފާސްވާހިސާބުން އެއީ ލިބޭ ބޮޑު ކާމިޔާބީއެއްކަމަށެވެ. މި ޕޯސްޓާއެކީ ކަމިންގ ސޫން ޖަހާފަވެއެވެ.

ދެވަނަ ޕޯސްޓެއް މީސްމީޑިއާއިން ފެނުނީ ފަސްދުވަސް ފަހުންނެވެ. މި ޕޯސްޓަރުން ފެންނަނީ މީހެއް އަތެކެވެ. އަދި ދެ އިނގިލިން ބޮތްކެއްގައި ހިފަހައްޓައިގެން ހުންނަތަނެވެ. މި ޕޯސްޓުގައި ލިޔެފައިވާ އެއްޗަކަށްބަލާއިރު ކޮންމެ މީހެއްގެވެސް ހިޔާލުތައް ހުންނާނެކަމަށާއި ނަމަވެސް މި ހިޔާލުތަކުގައި ކުލަޖައްސަން ނަގަންޖެހޭ ފުރަތަމަ ފިޔަވަޅު ނެގުމުގައި އުނދަގޫތަކެއް ހުންނާނެކަމަށް ބުނެފައިވެއެވެ. އަނެއްކާ ކަންކަމާ ކުރިމަތިލާން ނުކެރޭ މީހުނަށް މޯޓިވޭޝަނެއް ދެނީ ބާއެވެ؟ އެހެންވެސް ހަމަ ވެދާނެއެވެ.

މި ޕޯސްޓާއެކު ބީސީސީން މީސްމީޑިއާއަށް ދޫކުރަމުން އައި ފޮޓޯތައް ދެން ބަދަލުކޮށްލީ ވީޑިއޯއަކަށެވެ. ކުރަނީ ހަމަ އެއް ސުވާލެކެވެ. ވާނެތޯއެވެ. ޒުވާނަކު ލެޕްޓޮޕުން ކުރަމުން އަންނަ މަސައްކަތެއް އަރާ އެރާއެއްގެ ސަބަބުން ނުވެގެން އުޅޭ މަންޒަރު ފެންނަ މި ވީޑިއޯ ނިންމާލަމުން ތިކަން ވާނެތޯ؟ އެހުމާއެކު އެޒުވާނާ މާޔޫސްކަމާއެކު ކެމެރާއަށް ބަލާލައެވެ. އަނެއްކާ އިންޓަރނެޓް ކަންތައްތައް ހުރިގޮތުން މިއޮއްފަދަ އޮންލައިން ޒަމާނުގައި މަސައްކަތް ވާނެތޯ ސުވާލު ކުރަނީ ބާއެވެ؟ އަދިވެސް ނުވެގެން މިއުޅެނީ ކޮންކަމެއްކަމެއް ނޭގެއެވެ.

މީގެ ދެވަނަ ވީޑިއޯއެއް މީސްމީޑިއާއަށް އާންމުވީ އޭގެ ފަސްދުވަސް ފަހުންނެވެ. މި ވީޑިއޯއިން ފެންނަނީ ވިލިމާލެ ބަނދަރުމައްޗަށް މަސްބާނަން ގޮސްއުޅޭ ޒުވާނެކެވެ. އެންމަސްކޮޅު ޖެހުމަށްފަހު މަސްބާނަން ކަންވާރު އެއްލާލަނީ ފޮނި އުއްމީދާއެކުއެވެ. ނަމަވެސް މަހެއް ނުބޭނެއެވެ. ކޮންމެ ފަހަރަކުވެސް ނެގެނީ ހުސްކަންވާރެވެ. އަދި އެންމެ ފަހުން ބޭނެނީ ގަލެކެވެ. މިއާއެކު ކޮށްލަނީ އެއްކަލަ ސުވާލެވެ. ވާނެހެއްޔެވެ؟ މިއުޅެނީ އަނެއްކާ މަސްވެރިކަން ނުވެގެން ބާއެވެ؟

އަޖައިބެއް އަޅެ ނުވާނެހެއްޔެވެ؟ ބީސީސީން އަޅެ ނުވެން މިއުޅެނީ މަސްވެރިކަން ހެއްޔެވެ؟ ނޫނީ އޮންލައިން ވިޔަފާރި ހެއްޔެވެ؟

އަނެއްކާވެސް މީސްމީޑިއާއިން މިފެނުނީ މީގެ ތިންވަނަ ވީޑިއޯއެވެ. އަންހެން ކުއްޖެއް ކޭކެއް އަޅާ ހިތުން އިންޓަނެއްޓުން ރެސިޕީ ސާޗްކޮށްގެން ކޭކެއް އަޅަން މަސައްކަތްކުރެއެވެ. ނަމަވެސް އެއްވެސް ވައްޓަފާޅިއެއް ނެތެވެ. ބިސްތަޅަން ނޭނގޭތާގައި ކޭކު ރަނގަޅަށް މިކްސްވެސް ނުކޮށްލެވުނެވެ. ކޭކް އަޅާ އައިސިންގ ޖަހަން ތައްޔާރުވާއިރަށް އަނެއްކާވެސް އެކޮށްލީ ތާއަބަދުމެ ކުރަމުން އައި ސުވާލެވެ. ވާނެހެއްޔެވެ؟

މި ނުވެގެން އުޅޭކަމެއް ވާންވެއްޖެ ތާއެވެ. ވަކިކަމެއް ނެތި ހުރިހާކަމެއްގައިވެސް މިއަހަނީ ވާނެތޯއެވެ.

މިހާތަނަށް އައިރު ދިވެހިން ކުރަން ފޫގަޅާލި ކޮންމެ ކަމެއް ދިވެހިންވަނީ ވަރަށް ފުރިހަމައަށްކޮށްފަ އެވެ. ބީސީސީން ތިކުރާ ސުވާލަކީ ކޮންމެ ކަމެއް ނަމަވެސް، ޖަވާބަކީ ވާނެކަން ކަށަވަރެވެ. ދިވެހިން ކުރަންވެސް ކުރާނެއެވެ. ނިކަން ބަލަން ތިބޭށެވެ. މިފަހަރު ފިސާރި ކޮށްފައި ދައްކާލާނަމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *