ކޯވިޑް ވެކްސިން މިއަދު ޖަހަން ފަށާއިރު ރައީސް ޞާލިހާއި، ދައުލަތުގެ ވެރިކަން ވެކްސިން ޖެއްސެވުމަށް ހަމަޖެހިއްޖެއެވެ.
ވެކްސިން ޖެހުމަށް މިއަދު މާލޭގައި ބާއްވާ ޚާއްސަ ރަސްމިއްޔާތުގައި ރައީސް ޞާލިހެ ވެކްސިން ޖައްސަވަނީ 4 ވަނަ އަށެވެ. އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދާއި، ދައުލަތުގެ ވެރިންވެސް ވެކްސިން ޖެއްސެވުމަށް ވަނީ ހަމަޖެހިފައެވެ.
ވެކްސިން ޖަހާ މަރުކަޒުތައް:
– އައިޖީއެމްއެޗް
– އޭޑީކޭ
– ހުޅުމާލެ ހޮސްޕިޓަލް
– ވިލިމާލެ ހޮސްޕިޓަލް
– ސެނެހިޔާ
– ކުޅުދުށްފުށީ ރީޖަނަލް ހޮސްޕިޓަލް
– އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް
ވެކްސިން ޖެއްސެވުމަށް ފްރަންޓްލްއިންގައި ހިމެނޭ ހުރިހާ ބޭފުޅުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ސިފައިންނާއި، ފުލުހުންނާއި، ޞިއްޚީ ޚިދުމަތްތެރިންނާއި، ސަރުކާރުގެ ވަޒީރުންނާއި، އެނޫންވެސް ފްރަންޓް ލައިންގައި މަސައްކަތް ކުރައްވާ ބޭފުޅުން ވަނީ ބައިވެރިވެފައެވެ.
ކޮމެންޓު ފޮނުވާ