ދިމާވެދާނެ ކޮންމެ ހާލަތަކަށްވެސް މިތިބީ ތައްޔާރަށް: ޑރ.ނަޒްލާ

ދިމާވެދާނެ ކޮންމެ ހާލަތަކަށްވެސް މިތިބީ ތައްޔާރަށް: ޑރ.ނަޒްލާ

Author
މުޙައްމަދު ޝަޒައިމް
01 ފެބްރުއަރީ 2021 07:42
0

ކޯވިޑް ވެކްސިން މިއަދު ޖަހަން ފަށާއިރު ވެކްސިނާއި ގުޅިގެން ދިމާވެދާނެ ކޮންމެ ހާލަތަކަށް ތައްޔާރަށް އޮތްކަމަށް ހެލްތް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ. އެސެންޓަރުގެ ތަރުޖާމާނު ވިދާޅުވީ ރާއްޖޭގައި ކޯވިޑް ވެކްސިން ދިނުމަށް ތައްޔާރުވަމުން އަންނަތާ ދުވެސްކޮޅެއް ވެފައިވާކަމަށެވެ.

ވެކްސިން މިިއަދު ދޭއިރު ރައްކާތެރިކަމުގެ ގޮތުން އަޅާނެ ޚާއްސަ ފިޔަވަޅުތައްވެސް ނަޒްލާ ވަނީ ކިޔައިދީފައެވެ. ވެކްސިން ޖަހާނީ ކޮޑަށް ކަމަށާއި، ވެކްސިން ޖަހަން އަންނަ މީހުން ވެކްސިން ޖެހުމަށްފަހު 15 މިނިޓަށް އެތަނުގައި މަޑު ކުރަންޖެހޭނެކަމަށެވެ. އޭގެ ބޭނުމަކީ އެއްވެސް ވަރަކަށް ވެކްސިން ޖެހުމުން މީހާއަށް ބަދަލެއް އާދޭތޯ ބެލުންކަމަށެވެ.

ނަޒްލާ ވަނީ ވެކްސިން ޖެހުމުން ދިމާވެދާނެ ކަންކަމާއި ގުޅޭ މައުލޫމާތުވެސް ދެއްވާފައެވެ. މިއަދު މާލެ ސަރަހައްދުގެ ފަސް ސަރަޙައްދެގައި އަދި އައްޑޫސިޓީއާއި، ކުޅުއްދުއްފުށި ސިޓީގައި ވެކްސިން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ވެކްސިން ޖަހާ މަރުކަޒުތައް:

– އައިޖީއެމްއެޗް
– އޭޑީކޭ
– ހުޅުމާލެ ހޮސްޕިޓަލް
– ވިލިމާލެ ހޮސްޕިޓަލް
– ސެނެހިޔާ
– ކުޅުދުށްފުށީ ރީޖަނަލް ހޮސްޕިޓަލް
– އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް

ކޯވިޑް-19އިން ރައްކާތެރިވުމަށް ވެކްސިން ޖެހުމަށްޓަކައި މިހާތަނަށް 20،000 ވުރެ ގިނަ މީހުން ވަނީ ރަޖިސްޓްރީކޮށްފައެވެ.ކޯވިޑް-19ގެ ވެކްސިން ޖެހުމަށް ރަޖިސްޓްރީ ކުރުމަށް ތައްޔާރުކޮށްފައިވާ ޚާއްސަ ޕޯޓަލްއަކީ my.health.mv އެވެ. ކޯވިޑްގެ ވެކްސިނަށް ރަޖީސްޓްރީކުރާ ޕޯޓަލްގައި ފުރަތަމަ ރަޖިސްޓްރީ ކުރުމަށް ހުޅުވާލާފައިވަނީ ސިއްޙީ ޚިދުމަތްތެރިންނަށާއި ސޯޝަލް ކެއަރ ވޯކަރުންނަށެވެ.

އެޗްޕީއޭއިން ވަނީ ރާއްޖޭގައި ކޯވިޑް-19ގެ ވެކްސިން ޖެހުމަކީ މަޖުބޫރުކަމެއް ނޫންކަން ހާމަކުރައްވާފައެވެ. ނަމަވެސް ވެކްސިން ޖެހުމުގެ ސަބަބުން ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް އިތުރު އެހީއަކަށްވާނެކަމަށާ، ގިނަ ބަޔަކު މި ވެކްސިން ޖަހައިފިނަމަ އާއްމު ޙާލަތަށް ރުޖޫއަވުން އަވަސްވާނެކަން އެއެޖެންސީން ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.