މާދަމާ ކޯވިޑް-19ގެ ވެކްސިން ދޭން ފަށާނީ ޚާއްސަ ރައްމިޔާތަކުން ކަމަށާއި ވެކްސިން މާލޭގެ އިތުރުން އައްޑޫ ސިޓީއާއި، ކުޅުދުއްފުށީގައި ވެކްސިން ޖެހުމުގެ މަރުހަލާ ފެށިގެންދާނެކަމަށް ހެލްތު އެމްޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރައްވައިފިއެވެ.
މިރޭ ބޭއްވި އެޗްއީއޯސީގެ ޕްރެސްގައި ވާހަކަ ދައްކަވަމުން ޑރ.ނަޒްލާ ރަފީގު ވިދާޅުވީ މާދަމާ ހެނދުނު9 ޖަހާއިރު ބާއްވާ ޚާއްސަ ރަސްމިއްޔާތަކާއިއެކު ވެކްސިން ޖެހުމުގެ މަރުހަލާ ފެށިގެންދާނެކަމަށެވެ. ވެކްސިން ޖަހާނީ ކޮޑަށް ކަމަށާއި، ވެކްސިން ޖަހަން އަންނަ މީހުން ވެކްސިން ޖެހުމަށްފަހު 15 މިނިޓަށް އެތަނުގައި މަޑު ކުރަންޖެހޭނެކަމަށެވެ. އޭގެ ބޭނުމަކީ އެއްވެސް ވަރަކަށް ވެކްސިން ޖެހުމުން މީހާއަށް ބަދަލެއް އާދޭތޯ ބެލުންކަމަށެވެ.
ނަޒްލާ ވަނީ ވެކްސިން ޖެހުމުން ދިމާވެދާނެ ކަންކަމާއި ގުޅޭ މައުލޫމާތުވެސް ދެއްވާފައެވެ. މާދަމާ މާލެ ސަރަހައްދުގެ ފަސް ސަރަޙައްދެގައި އަދި އައްޑޫސިޓީއާއި، ކުޅުއްދުއްފުށި ސިޓީގައި ވެކްސިން ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ރާއްޖޭގައި ޖަހަނީ އޮކްފޯޑާއި، އެސްޓްރަޒެނެކާ ގުޅިގެން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިނެވެ. އިންޑިއާ ސަރުކާރުން ވަނީ ރާއްޖެއަށް އެއްލައްކަ ވެކްސިން ޑޯޒް ހަދިޔާކޮށްފައެވެ. އެ އެއްލައްކަ ވެކްސިން ޑޯޒް ފަންސާސް ހާސް މީހުންނަށް ދެވޭނެއެވެ. އަދި ރައްޖެއަށް އިތުރު 7 ލައްކަ ވެކްސިން ޑޯޒް ގެނައުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.
ކޯވިޑް-19އިން ރައްކާތެރިވުމަށް ވެކްސިން ޖެހުމަށްޓަކައި މިހާތަނަށް 20،000 ވުރެ ގިނަ މީހުން ވަނީ ރަޖިސްޓްރީކޮށްފައެވެ.ކޯވިޑް-19ގެ ވެކްސިން ޖެހުމަށް ރަޖިސްޓްރީ ކުރުމަށް ތައްޔާރުކޮށްފައިވާ ޚާއްސަ ޕޯޓަލްއަކީ my.health.mv އެވެ. ކޯވިޑްގެ ވެކްސިނަށް ރަޖީސްޓްރީކުރާ ޕޯޓަލްގައި ފުރަތަމަ ރަޖިސްޓްރީ ކުރުމަށް ހުޅުވާލާފައިވަނީ ސިއްޙީ ޚިދުމަތްތެރިންނަށާއި ސޯޝަލް ކެއަރ ވޯކަރުންނަށެވެ.
އެޗްޕީއޭއިން ވަނީ ރާއްޖޭގައި ކޯވިޑް-19ގެ ވެކްސިން ޖެހުމަކީ މަޖުބޫރުކަމެއް ނޫންކަން ހާމަކުރައްވާފައެވެ. ނަމަވެސް ވެކްސިން ޖެހުމުގެ ސަބަބުން ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް އިތުރު އެހީއަކަށްވާނެކަމަށާ، ގިނަ ބަޔަކު މި ވެކްސިން ޖަހައިފިނަމަ އާއްމު ޙާލަތަށް ރުޖޫއަވުން އަވަސްވާނެކަން އެއެޖެންސީން ވަނީ ފާހަގަކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ