މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި

މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި

Author
މުޙައްމަދު ޝަޒައިމް
31 ޖެނުއަރީ 2021 10:36
0

މާލެ ސިޓީގެ ދެ ސަރަހައްދެއްގައި މިރޭ ދެ މާރާމާރީ އެއް ހިނގައިފިއެވެ.

މިރޭގެ މާރާމާރީގެ ތެރެއިން ތޫނު އެއްޗަކުން ހަމަލާދީ ޒަހަމަށްކޮށްލި މީހާއަށް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

މިރޭގެ ފުރަތަމަ މާރާމާރީ ހިނގީ ކިންގް ސަލްމާން މިސްކިތް ސަރަހައްދުގައި ހުންނަ ފުޓްބޯޅަ ދަނޑު ކައިރީގައެވެ. އެމާރާ މާރީއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ދެވަނަ މާރާމާރީގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ވަނީ ޒަހަމްކޮށްލާފައެވެ. ޒަހަމް ވެފައިވަނީ 36 އަހަރުގެ ފިރިހެނެކެވެ. އޭނާއަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. މިމާރާ މާރީތަކާއި ގުޅިގެން ފުލުހުން ދަނީ މިކަންކަން ތަހުގީގް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.