ކޯވިޑް-19: ކޮންޓްރޯލެއްނުވޭ، ނުރައްކާވަނީ ބޮޑު، މިއަދުވެސް އިތުރު 105 މީހަކު ޕޮޒިޓިވްވެއްޖެ

ކޯވިޑް-19: ކޮންޓްރޯލެއްނުވޭ، ނުރައްކާވަނީ ބޮޑު، މިއަދުވެސް އިތުރު 105 މީހަކު ޕޮޒިޓިވްވެއްޖެ

Author
މުޙައްމަދު ޝަޒައިމް
31 ޖެނުއަރީ 2021 10:26
0

ރާއްޖެއިން އިތުރު 122 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މިއަދު ޕޮޒިޓިވްވި 105 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 88 މީހަކާއި، މާލެއިން ބޭރުން 17 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.

މިއާއެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމްލަ ޢަދަދު ވަނީ 15،841 އަށް އަރާފައެވެ. މިހާރު މިބައްޔަށް ފަރުވާދެމުން އަންނަ މީހުންގެ ޢަދަދު 1600 އިން މައްޗަށް އަރާފައިވާއިރު، 1،644 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. އަދި އޭގެތެރެއިން 163 މީހުންނަކީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާދެމުން އަންނަ މީހުންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން މިބަލިން ރަނގަޅުވީ 43 މީހުންނެވެ. މިއާއެކު މިހާތަނަށް 14،139 މީހުން މިބަލިން ރަނގަޅުވެފައިވެއެވެ. އަދި އެ 24 ގަޑިއިރުގެ ތެރޭގައި ކޯވިޑަށް ޓެސްޓްކުރުމަށް ނެގި 2،600 ސާމްޕަލާއެކު މިހާތަނަށް 410،006 ސާމްޕަލް ރާއްޖޭގައި ނަގާފައިވެއެވެ.

ކޯވިޑް ބަލިމަޑުކަމުގައި 52 މީހަކު ވަނީ ނިޔާވެފައެވެ. އެއީ 44 ދިވެހިންނާއި 8 ބިދޭސީންނެވެ

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.