މަތިވެރިން ޕޮޒިޓިވްވި ކުދިންނާއި ކޮންޓެކްޓްވި ސްކޫލުގެ 30 ދަރިވަރެއްގެ ސާމްޕަލް ނަގަނީ

މަތިވެރިން ޕޮޒިޓިވްވި ކުދިންނާއި ކޮންޓެކްޓްވި ސްކޫލުގެ 30 ދަރިވަރެއްގެ ސާމްޕަލް ނަގަނީ

Author
މުޙައްމަދު ޝަޒައިމް
31 ޖެނުއަރީ 2021 09:28
0

އއ.މަތިވެރިން މިއަދު ކޯވިޑަށް ޕޮޒިޓިވްވި ސްކޫލު ދަރިވަރާއި ކޮންޓެކްޓްވި 30 ދަރިވަރެއްގެ ސާމްޕަލް ނެގުމުގެ މަސައްކަތް ފަށައިފިއެވެ.

މަތިވެރި ކައުންސިލުން ވިދާޅުވީ ރަށް އޮތީ މިވަގުތު މޮނޮޓަރިންގައި ކަމަށާއި، ސްކޫލު ބަންދުކުރި ކަމަށް ނޭންގި ނަމަވެސް ސްކޫލުގެ ދަރިވަރަކު ޕޮޒިޓިވްވެ އެތައް ކުދިންތަކަކާއި ކޮންޓެކްޓު ވެފައިވުމުން ސްކޫލު ބަންދު ކުރާނެކަމަށް ގަބޫލު ކުރެވޭކަމަށެވެ.

ރަށުގެ މިވަގުތު ހާލަތު އޮތްގޮތުން ރަށުގެ ހޮޓާ ރެސްޓޯރެންޓުތަކާއި، ފިހާރަތައްވެސް ބަންދުކުރަން އަންގާފައިވާކަމަށާއި، ބަލީގެ ރައްކަލަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާކަމަށެވެ. އަދި އެޗްޕީއޭއިން ރެންޑަމްކޮށް ސާމްޕަލްތައް ނެގުމުގެ މަަސއްކަތް ކުރަމުންދާކަމުގެ މައުލޫމާތުވެސް ލިބިފައިވާކަމަށް ކައުންސިލުން ވިދާޅުވެއެވެ.

މަތިވެރިން ކޯވިޑުގެ ކޭސްތަކެއް ފެނިފައިވަނީ މާލެއިން ރަށަށްދިޔަ ދެ މީހަކު ޕޮޒިޓިވްވިތާ މާގިނަ ދުވަސްތަކެއްނުވެ ޕޮޒިޓިވްވި މީހުން ތިބިގޭގެ ދެކުއްޖަކު ހުން އައިސްގެން ނެގި ސާމްޕަލްތަކުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.