ގަމު، މުކުރިމަގުގެ ބަނދަރު ފުންކުރުމުގެ މަސައްކަތް ފަށައިފި

ގަމު، މުކުރިމަގުގެ ބަނދަރު ފުންކުރުމުގެ މަސައްކަތް ފަށައިފި

Author
ޢަލީ އާދަމް
30 ޖެނުއަރީ 2021 02:55
0

ލ. ގަމު، މުކުރިމަގުގެ ބަނދަރު ފުންކުރުމުގެ މަސައްކަތް ފަށައިފި އެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީން ކުރިއަށްގެންދާ މި މަސައްކަތް ކުރުމަށް ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށް ޢަމަލީ މަސައްކަތް ފަށާފައި ވަނީ މިއަދު ކަމަށް އެކުންފުނިން ބުނެއެވެ.

މި މަޝްރޫޢުގެ ދަށުން، އެރަށުގެ ބަނދަރަށް ވަންނަން އޮންނަ ނެރުން 5،454 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ފުންކުރުމާއި، 1،938 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ފަޅު ފުންކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢަކީ 45 ދުވަހުގެތެރޭ ނިންމަން ކަނޑައަޅާފައިވާ މަޝްރޫޢެއް ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.