"އިންސާފު ކޮބާ" ނަމުގައި މުޅި ރާއްޖޭގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިހްތިޖާޖް ފަށައިފި އެވެ.
މާލޭގައި އިހުތިޖާޖް ފަށާފައި ވަނީ ޕީޕީއެމް އޮފިސް ދޮރުމަތިންނެވެ. ޕީޕީއެމްގެ އޮފިސް ދޮރުމައްޗަށް އެއްވުމަށްފަހު ފުލުހުން ބެރިކޭޑްޖަހާ ބަންދުކޮށްފައި ވާ ސަރަހައްދުން ބެރިކޭޑްތައް ފަސްދީ އިހްތިޖާޖްގެ ބައިވެރިން ވަނީ މާލެ ތެރެއަށް ނުކުމެފައެވެ.
މި މުޒާހަރާއަކީ ރާއްޖޭގައި ގެއްލެމުންދާ އިންސާފު ހޯދުމަށާއި، ރައްޔިތުންނަށް ދެމުންދާ އަނިޔާއަށް އިންސާފު ހޯދުމަށް ކުރަމުންދާ ބޮޑު މުޒާހަރާއެއްކަމަށް އިދިކޮޅު ކޯލިޝަނުން ބުނެއެވެ.

އިހްތިޖާޖްގެ ބައިވެރިން މާލޭގެ އެކި ސަހަރައްދުތަކަށް މަގުތަކަށް ނުކުމެ ކުރިއަށްދާން މަސައްކަތްކުރުމުން ފުލުހުން އެކި ސަރަހައްދުން އިހްތިޖާޖްގެ ބައިވެރިން ހުއްޓުވުމަށް މަސައްކަތްކޮށްފައި ވެއެވެ.
އެގޮތުން އިހްތިޖާޖްގެ ބައިވެރިންނަށް ކުރިއަށްދެވިފައި ވަނީ މަޖީދީމަގާއި ސޯސަންމަގު ގުޅޭ ހަތަރު އަނގޮޅި ސަރަހައްދަށެވެ. އެ ސަރަހައްދުން ފުލުހުން ވަނީ އިހްތިޖާޖްގެ ބައިވެރިން އެއްވެސް ކޮޅަކަށް ނުދެވޭނެހެން ބަންދުކޮށްފައެވެ.

މި ހަރަކާތް ރާއްޖޭގެ ހުރިހާ ރަށްރަށެއްގެ ތެރެއިން މިވަގުތު މޮނިޓަރިންގގެ ހާލަތުގައި ނެތް ހުރިހާ ރަށެއްގައި މިއަދު ހަވީރު ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެގޮތުން ބައެއް ބޮޑެތި ރަށްރަށުގައި ސުލްހަވެރި ހިނގާލުމެއްގެ ގޮތުގައި މި ހަރަކާތް ވަނި ކުރިއަށްގެންގޮސްފަ އެވެ. އެގޮތުން އައްޑޫ ސިޓީ އާއި ކުޅުދުއްފުށީ ސިޓީގައި ސުލްހަވެރި ހިނގާލުމެއްގެ ގޮތުގައި "އިންސާފު ކޮބާ" އިހްތިޖާޖް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ކޮމެންޓު ފޮނުވާ