އެމްއެމްޕީއާރުސީއާއި ގުޅުންހުރި 70،000 މެސެޖް އާންމު ކުރާނަން: ނަޝީދު

އެމްއެމްޕީއާރުސީއާއި ގުޅުންހުރި 70،000 މެސެޖް އާންމު ކުރާނަން: ނަޝީދު

ގުޅުންހުރި

ރާއްޖޭގައި ފަހުގެ ތާރީޚެއްގައި ހިނގި އެންމެ ބޮޑު ޚިޔާނާތްކަމަށްވާ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި ގުޅުންހުރި 70،000 އަށްވުރެ ގިނަ މެސެޖް އާންމު ކުރައްވާނެކަމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރަމުންދާ ނުހައްގު މުއްސަދިކަން ހޯދުމުގެ ބިލަށް މެމްބަރުން ދެއްކެވި ވާހަތަކާއި ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ޝާމިލުވާ މީހުންނަކީ މިއަދު ކޮބައިކަން ނޭގޭ ބަޔަކު ރާއްޖޭގައިވެސް މަދު ކަމަށެވެ. މިއަދު މީގެ ތެރެއިން އެއްވެސް މައްސަލައެއް ނުހިނގައި މުއައްސަސާތަކުން އެކަށިގެންވާ މަސައްކަތް ނުކުރައްވާތީ ނުހަނު ކަންބޮޑުވާކަމަށް މަޖިލިސް ރައީސް ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ މައްސަލަ ތުހުމަތުކުރެވޭ މީހުން ސާފުކޮށް އެގޭއިރުގައި އެކަމާއި ގުޅިގެން އެންޓިކަރެޕްޝަން ކޮމިޝަނުންވެސް އަދި ފުލުސް އޮފީހުންވެސް ޕްރޮސެކިއުޓާ ޖެނެރަލްވެސް އެއްވެސް ދައުވާއެއް ނޫއުފުލާ މި ތިއްބަވާ ސަބަބެއް އެއީ އަޅގަނޑަށްވެސް ވަރަށްބޮޑަށް ހުއްޓުން އަރާކަމެއް" މަޖިލިސް ރައީސް ވިދާޅުވި އެވެ.

މަޖިލިސް ރައީސް ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތާގައި ގުޅިގެން މިހާތަނަށް އެމަނިކުފާނަށް 70،000 ޓެކްޓް މެސެޖް ލިބިފައިވާކަމަށެވެ. މިމެސެޖްތަކަކީ ހިފަހައްޓައިގެން ތާއަބަދު ހުރުމަށްވުރެ އާންމުންނަށް ދޫކޮށްލާނެ މެސެޖްތަކެއްކަމަށް މަޖިލިސް ރައީސް ވިދާޅުވި އެވެ.

މަޖިލިސް ރައީސް ވިދާޅުވީ މީގެ ތެރެއިން ބައެއް މެސެޖްތަކުން ވަރަށް ސާފުކޮށް ފައިސާ އަށް ވީގޮތާއި، އެމުއާމަލާތު ހިނގާފައިވާގް އެގޭކަމަށެވެ.

އޭސީސީއަށާއި މަޖިލީހަށް އަޅުގަނޑު އެރުވިން 70،000 ޓެކްސްޓް. ފޯނުގެ ޓެކްސްޓް. އެސްއެމްއެސް. އެއީ ކުރީގެ ނައިބް ރައީސްގެ ފޯނާއި، އަދި ކުރީގެ ނައިބް ރައީސް ގާތް އެކިއެކި ބޭފުޅުންނަށް ކުރައްވާފައިވާ ޓެކްސްޓްތައް. އަދި ހަމަ އެހެންމެ އެއާއިކީ ނައިބް ރައީސް އަމިއްލަ ފުޅަށް އެބޭފުޅާ އިއުތިރާފްވެ ވަޑައިގެންނެވި އިރުގައި އެތައް އެތައް ވާހަތަކެއް ކިޔައި ދެއްވައިފި. އެވާހަތަކާއި މިދެންނެވި ޓެކްސްޓްތަކާއި ވަރަށް ބޮޑަށް ގުޅުން އެބަހުރި. ތަހުގީގީ މާހިރަކަށްވެސް ޤާނޫނީ މާހިރަކަށްވެސް ވާކަށް ނުޖެހޭ. ލޯހުޅުވާފައި ލޯމެރީމަ ފެންނަހާ ސާފުކޮށް އޮތްކަމެއްގައި ވަކިކޮޅެއްގައި ނުޖެހޭތީ ކަންބޮޑުވޭ" މަޖިލިސް ރައީސް ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 267 ފަރާތަކަށް ލިބުނުކަމަށް އެ މައްސަލަ ތަޙްޤީޤުކުރާ އިދާރާތަކުންވަނީ ވިދާޅުވެފައެވެ. ޚިޔާނާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުވައްސަސާތަކުގައި އިސްކޮށް ތިއްބެވި 5 ބޭފުޅަކުވެސް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން މިހާރު ސަރުކާރުގެ މަގާމުގައިތަކުގައި ތިބި 7 މީހަކާއި، 7 ފަނޑިޔާރެއްގެ އިތުރުން ސަލާމަތީ ބާރުތަކުގައި ހިމެނޭ 23 އޮފިސަރުން ވެސް ހިމެނެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބޭނުނުންކޮށްފައި ވަނީ ސިޔާސީ މަންފާތަކެއް ބޭނުންކުރުމަށްކަމަށް ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނުންވަނީ ބުނެފައެވެ. މިހާތަނަށް ކުރެވުނު ތަހުޤީޤުތަކުން އެގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *