ފާޑުކިޔުންތަކާއިއެކު އިކްރާމް އެންމެފަހުން ޝިފްނާއާއި، ޢާއިލާގެ ކިބައިން މަޢާފަށް އެދިއްޖެ

ފާޑުކިޔުންތަކާއިއެކު އިކްރާމް އެންމެފަހުން ޝިފްނާއާއި، ޢާއިލާގެ ކިބައިން މަޢާފަށް އެދިއްޖެ

Author
މުޙައްމަދު ޝަޒައިމް
12 އޮކްޓޯބަރ 2020 06:26
0

ރެޕިޑް ރެސްޕޮންސް ޓީމްގެ މެމްބަރަކަށް ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ޙަސަންއަށް ދެވުނު ހަމަލާއާއި ގުޅިގެން ހަމަލާދެވުނު ކުއްޖާ ޝިފްނާއާއި، އޭނާގެ އާއިލާގެ ކިބައިން އިކްރާމް މަޢާފަށް އެދިއްޖެ އެވެ.

ރެއިޑް ރެސްޕޮންސް ޓީމްގެ މެމްބަރަކަށް ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ޙަސަން ދިން ޙަމަލާ އާއި ގުޅިގެން ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެ ފުލުހުންނަށާއި މަޖިލީހަށް މިމައްސަލަ ބެލުމަށް ހުށަހަޅާފައި ވަނިކޮށް އިކްރާމްވަނީ މިއަދު ޝިފްނާއާއި އޭނާގެ މަންމައާއި ބައްދަލުކޮށް މަޢާފަށް އެދިވަޑައިގެންފަ އެވެ. އަދި މި ހާދިސާގައި ކަންތައް ހިނގަދިޔަ ގޮތާއި ގުޅިގެން އެޗްއީއޯސީއާއި، ރެޕިޑް ރެސްޕޯސް ޓީމް (އާރުއާރުޓީ)ގެ އެންމެހައި މެމްބަރުންގެ ކިބައިން އޭނާ ވަނީ މަޢާފަށް އެދިވަޑައިގެންފަ އެވެ.

މިހާދިސާއާއި ގުޅިގެން މެމްބަރު އިކްރާމްގެ އަމިއްލަ ފޭސްބުކް ޕޭޖުގައި ވިދާޅުވީ ސާމްޕަލް ނަގަން ހުރި ކުއްޖާއަށް އަނިޔާއެއްކޮށް މާރާ މަރީ ހިންގަފައި ނުވާނެކަމަށެވެ. ކޯވިޑްގެ ސާމްޕަލް ނެގުމަށް އިކްރާމް މާފަންނު މަދަރުސާއަށް ވަޑައިގެން ސާމްޕަލް ނެގުމުގައި ދިމާވި ކަންތައްތަކާއި ގުޅިގެން މީޑީޔާތަކުގައި ދައްކާ ވާހަތައް ދޮގުކޮށް އިކުރާމް ވިދާޅުވީ އެތަނުގައި ކެމެރާހުރިނަމަ ކެމެރާބައްލަވައި ލައްވައިފިނަމަ އެކަން ހިނގާދިޔަގޮތް އެގޭނެކަމަށެވެ.

އިކްރާމް ވިދާޅުވީ މީގެ ކުރިން އައިޖީއެމް އެޗްއިން ވެސް ޕީސީއާރު ޓެސްޓް ހަދާފައިވާކަމަށެވެ. ނަމަވެސް ވަރަށް އޯގާތެރިކަމާއިއެކު ތަކުލީފެއް ނުވާގޮތަށް އައިޖީއެޗް އިން އެކަން ކޮށްދިންކަމަށެވެ. މިހާތަނަށް މާރާމާރީގެ މައްސަލައެއްގައި ޕޮލިސް ރެކޯޑެއް ނޯންނާނެކަމަށެވެ. އަދި އެއަށްވުރެ އޯގާތެރިކަމާއިއެކު ޕީސީއާރު ޓެސްޓް ނެގޭނެކަމަށް އިކްރާމް ވިދާޅު ވިއެވެ.

މިހާދިސާއާއި ގުޅިގެން މެމްބަރު އިކްރާމް ޙަސަން މަގާމްގެ ހައިސިއްޔަތު ބޭނުންކޮށް، ބިރުދެއްކުމަށް މަސައްކަތްކުރި މައްސަލަ، ރައްޔިތުންގެ މަޖްލިސްގެ އިމްތިޔާޒް އަދި ސުލޫކީ ކޮމިޓީން ބަލައި ފިޔަވަޅު އެޅުމަށް މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލް ޔޫނިއަން ވަނީ މިއަދު ހުށަހަޅާފަ އެވެ. އަދި ފުލުހުންވެސް ދަނީ މިމައްސަލަ ތަހުގީގް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.