މެރިޓައިމް ދާއިރާ ހަރުދަނާކުރުމަށް އެސްއާރުއައި އާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

މެރިޓައިމް ދާއިރާ ހަރުދަނާކުރުމަށް އެސްއާރުއައި އާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

Author
މުޙައްމަދު ޝަޒައިމް
12 އޮކްޓޯބަރ 2020 05:19
0

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އާއި ސީފެއާރާސް ރައިޓްސް އިންޓަރނޭޝަނަލް އާއެކު އެމްއޯޔޫ އެއްގައި ސޮއިކޮށްފި އެވެ.

އެމްއޯޔޫގައި ސޮއިކޮށްފައިވަނީ ޓްރާންސްޕޯޓް މިނިސްޓްރީއާއި ސީފެއާރާސް ރައިޓްސް އިންޓަރނޭޝަނަލް (އެސްއާރްއައި) އާއެކު މިއަދު އޮންލައިންކޮށް ބޭއްވި ބައްދަލުވުމެއްގައެވެ. އެމްއޯޔޫގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އައިޝަތު ނަހުލާ އެވެ. އަދި އެސްއާރްއައިގެ ފަރާތުން ސޮއިކުރެއްވީ އެސްއާރއައިގެ އެގްޒެކެޓިވް ޑިރެކްޓަރ ޑިއެޑްރެ ފިޓްޕެޓްރިކްއެވެ.

އެމްއޯޔޫއާއި ބެހޭގޮތުން މިނިސްޓަރ ނަހުލާ ވިދާޅުވީ، އެމްއޯޔޫގެ ދަށުން ރާއްޖޭގެ މެރިޓައިމްދާއިރާ ހަރުދަނާކުރުމަށްޓަކައި ބޭނުންވާ ގާނޫނުތައް ހެދުމަށް ބޭނުންވާޓެކްނިކަލް އެހީތެރިކަން ރާއްޖެއަށް ލިބިގެންދާނެ ކަމަށެވެ. އަދި މީގެ އިތުރުން ބައިނަލްއަގުވާމީ މިންގަނޑުތަކާއި އެއްގޮތައް ރާއްޖޭގެ މެރިޓައިމް ސިޔާސަތު ބައްޓަންކުރުމުގައި އެސްއާރުއައިގެ އެހީތެރިކަން ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެސްއާރުއައި އަކީ ދުނިޔޭގެ ސީފެއާރާސްގެ ހައްގުތައް ރައްކާތެރިކުރުމާއި، ރިސާޗާއި ތަމްރީނާއި ޓެކްނޮލޮޖީގެ ދާއިރާއިން ސީފެއާރާސް ކުރިއަރުވަން މަސައްކަތް ކުރާ މިނިވަން މުއައްސަސާއެކެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.