ޑަބްލިޔު.ޓީ.އޯގެ މަންދޫބަކަށް އާސިމް ކަނޑައަޅަން ރުހުން ދީފި

ޑަބްލިޔު.ޓީ.އޯގެ މަންދޫބަކަށް އާސިމް ކަނޑައަޅަން ރުހުން ދީފި

Author
މުޙައްމަދު ޝަޒައިމް
12 އޮކްޓޯބަރ 2020 01:54
0

ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަނަށް (ޑަބްލިޔު.ޓީ.އޯ)އަށް ދިވެހިރާއްޖެއިން ކަނޑައަޅާ މަންދޫބުގެ މަޤާމަށް ގ.ފަރުކަނި، ޑޮކްޓަރ ޢާޞިމް އަޙްމަދު ޢައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވައިފި އެވެ.

އާސިމަށް މަޖިލީހުން ރުހުން ދީފައިވަނީ 53 މެމްބަރުންގެ ވޯޓުންނެވެ. ޑަބްލިޔު.ޓީ.އޯއަށް ރާއްޖެއިން ކަނޑައަޅާ މަންދޫބުގެ މަޤާމަށް ޢައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ރުހުން ހޯއްދެވުމަށް މަޖިލީހަށް ނަންފުޅު ފޮނުއްވާފައިވާ ޢާސިމް އަކީ ދިވެހިރާއްޖެއިން އ.ދ އަށް ކަނޑައަޅާފައިވާ ދާއިމީ މިޝަންގެ ޖެނީވާ އޮފީހުގެ ޕަރމަނަންޓް ރެޕްރެޒެންޓެޓިވް އެވެ.

ޑޮކްޓަރ ޢާޞިމް އަޙްމަދު ވަނީ މީގެ ކުރިން މިނިސްޓަރ އޮފް އެޑިއުކޭޝަންގެ މަޤާމު ފުރުއްވާފައެވެ. އަދި އެމަނިކުފާނު ވަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ރައީސްކަމުގެ މަޤާމާއި، އޫއެންޑީޕީ، ޔުނިސެފް ފަދަ ތަންތަނަށް ފަންނީ ލަފާ އެރުމުގެ ޚިދުމަތް ވެސް ދެއްވާފައެވެ.

ޑޮކްޓަރ ޢާޞިމް އަޙްމަދަކީ ސޯޝިއޮލޮޖީ އެންޑް ޕޮލިޓިކްސްގެ ދާއިރާއިން ބެޗެލަރ އޮފް އާރޓްސްގެ އިތުރުން، މާސްޓަރ އޮފް ފިލޯސޮފީ އިން ޑިވެލޮޕްމަންޓް ސްޓަޑީސްއާއި، ޑޮކްޓަރ އޮފް ފިލޯސޮފީ އިން ސޯޝަލް ޕޮލިސީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.