ކޯވިޑް ވެކްސިން ޕްލޭނާއި ގުޅޭގޮތުން ރައީސް މިއަދު ޤައުމާއި މުޚާޠަބުކުރައްވަނީ

ކޯވިޑް ވެކްސިން ޕްލޭނާއި ގުޅޭގޮތުން ރައީސް މިއަދު ޤައުމާއި މުޚާޠަބުކުރައްވަނީ

Author
މުޙައްމަދު ޖިމީ
20 ޖެނުއަރީ 2021 12:25
0

މިއަދު ރާއްޖެއަށް ލިބ ކޯވިޑް-19ގެ ވެކްސިނާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މިއަދު ޤައުމާއި މުހާތަބްކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ޤައުމާއި މުހާތަބްކުރައްވާނީ މިއަދު މެންދުރުފަހު 2:00 ޖަހާއިރުކަމަށެވެ. މަބްރޫކް ވިދާލުވީ، ކޯވިޑް-19ގެ ވެކްސިންގެ އެންމެ ފަހުގެ މަޢޫލޫމާތާއި ވެކްސިން ޕްލޭނާއި ގުޅޭގޮތުން ރައީސްގެ ޚިޠާބުގައި އަލިއަޅުއްވާލައްވާނެކަމަށެވެ. އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދޭ ކޯވިޑް ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް މިއަދު މެންދުރު ފަހު ރާއްޖެ ގެނައުމަށް ވަނީ ހަމަޖެހިފައެވެ. މިވެކްސިންގެ އެއްވެސް މައުލޫމާތެއް މިހާތަނަށް ކަމާއިބެހޭ އެއްވެސް ފަރާތަކުން ރަސްމީކޮށް ހާމަކޮށްފައި ނުވާއިރު، ވެކްސިނާއިމެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

ރާއްޖޭގައި ކޯވިޑް-19 އިން ރައްކާތެރިވުމަށް ބޭނުންކުރާނީ ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ ޑަބްލިއުއެޗްއޯގެ ހުއްދަ އޮންނަ ވެކްސިނެއް ކަމަށާއި، ވެކްސިން ބޭނުންކުރާނީ އެ ޖެހުމުން އަންނަ ސައިޑް އިފެކްޓްތަކަށް ރަނގަޅަށް ބެލުމަށްފަހުކަމަށް އެޗްޕިއޭއިން ވަނީ ބުނެފައެވެ.

އިންޑިއާއިން ކޯވިޑް-19ގެ ވެކްސިން ފޮނުވާ ފުރަތަމަ ޤައުމަކީ ދިވެހިރާއްޖެކަމަށް އިއުލާން ކޮށްފައި ވާއިރު މިވެކްސިންގެ އެއްވެސް މައުލޫމާތެއް މިހާތަނަށް ކަމާއިބެހޭ އެއްވެސް ފަރާތަކުން ރަސްމީކޮށް ހާމަކޮށްފައި ނުވާތީ ވެކްސިނާއިމެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. އަދި ވެކްސިންގެ ޔަގީންކަން ރައްޔިތުންނަށް ދިނުމަށް އެންމެ ފުރަތަމަ ރައީސް ޞާލިހާއި، ކެނިބެޓް ވަޒީރުން ވެކްސިން ޖައްސަވަން ޖެހޭކަމަށް ބައެއް ފަރާތްތަކުން ގެންދަނީ ބުނަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.