ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރު، ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހާ ހަމައަށް އިތުރުކުރުމަށް މަޖިލީހުން ނިންމައިފިއެވެ.
މަޖިލީހުގެ ގަވާއިދުގެ 26 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުން، ތިންވަނަ ދައުރު ހިނގަނީ އޮކްޓޫބަރު 1 އިން ފެށިގެން ނޮވެމްބަރު މަސް ނިމުމާ ހަމައަށެވެ. މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މި ދައުރުގައި ނިންމަންޖެހޭ މުހިންމު މަސައްކަތްތަކެއް ހުރުމުން، ދައުރު ދިގުކުރުމާ މެދު ގޮތެއް ނިންމުމަށް ވޯޓަށް އަހާފައިވާ ކަމަށެވެ.
އެ ވޯޓުގައި 43 މެންބަރުން ދައުރު ދިގުކުރުމަށް ތާއީދުކުރެއްވިއިރު، 11 މެންބަރުން ދެކޮޅަށް ވޯޓުދެއްވިއެވެ.
ކޮމެންޓު ފޮނުވާ