އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި ވަކީލް އަބްދުﷲ ސިޔާޒު، ފިކުރީ މުދަލާބެހޭ އޮފީހުގެ ރަޖިސްޓްރާކަމަށް މިއަދު އައްޔަން ކުރައްވައިފިއެވެ. މި އައްޔަނުކުރެއްވުމާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީން ސިޔާޒަށް މަރުހަބާ ދަންނަވައިފިއެވެ.
ގާނޫނުގެ ދަށުން ރަޖިސްޓްރާ އައްޔަންކޮށް ވަކިކުރުމުގެ ބާރު ލިބިގެންވަނީ އިކޮނޮމިކް މިނިސްޓަރަށެވެ. މި މަގާމަށް މީހަކު އައްޔަންކުރެވެނީ ފަސް އަހަރުދުވަހުގެ މުއްދަތަކަށެވެ.
ފިކުރީ މުދަލާ ގުޅުންހުރި ސަރަހައްދީ އަދި ބައިނަލްއަގުވާމީ ޖަމްއިއްޔާތަކާއެކު ގުޅުން ބިނާކޮށް ވަރުގަދަކުރުމަކީ ރަޖިސްޓްރާގެ މައިގަނޑު ޒިންމާއެކެވެ. ފިކުރީ މުދަލުގެ ގާނޫނުން ލިބިދޭ ހައްގުތަކާމެދު އާންމުން ހޭލުންތެރިކުރުވުމަކީ ވެސް ރަޖިސްޓްރާގެ ޒިންމާއެކެވެ.
ރާއްޖޭގައި ފިކުރީ މުދަލުގެ ހައްގުތައް ހިމާޔަތްކޮށް ކުރިއެރުވުމަށް މަޖިލީހުން ފާސްކުރި ގާނޫނު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވީ ވޭތުވެދިޔަ އަހަރުގެ އޮގަސްޓް މަހުއެވެ. އެ ގާނޫނަށް އަމަލުކުރަން ފެށީ މި އަހަރުގެ ޖެނުއަރީ މަހުއެވެ.
ކޮމެންޓު ފޮނުވާ