ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑުގައި މަދަނީ ޖަމްޢިއްޔާއަކުން ހިމެނޭ މެންބަރުގެ މަޤާމު ހުސްވެފައިވާތީ، އެ މަޤާމަށް މީހަކު ހޯދުމަށް ރައީސް އޮފީހުން މިއަދު އިޢުލާނުކޮށްފިއެވެ.
މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ދީފައިވަނީ މި މަހުގެ 18 ވަނަ ދުވަހާ ހަމައަށެވެ.
ފޯމުތައް ބަލައިގަންނާނީ ރައީސް އޮފީހުގައެވެ. ސަރުކާރު ބަންދު ދުވަސްތައް ފިޔަވައި، އެހެން ހުރިހާ ދުވަހެއްގައި ހެނދުނު 8:30 އިން މެންދުރު 12:00 އާ ހަމައަށް ފޯމު ހުށަހެޅޭނެއެވެ.
ކޮމެންޓު ފޮނުވާ