ތުރުކީވިލާތުގެ އަންތާލިޔާގައި ބާއްވާ ދުނިޔޭގެ މޫސުމީ ސަމިޓް، ކޮޕް31 ގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ފުރާވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ވެސް ފުރާވަޑައިގަތެވެ. ނޮވެންބަރު 10 އިން 14 އަށް ކުރިއަށްދާ ސަމިޓުގައި ރައީސް، ރާއްޖޭގެ ފަރާތުން ޤައުމީ ބަޔާން އިއްވަވާނެއެވެ. ސަމިޓުގެ ހަވާސާގައި ބާއްވާ މަތީ ފަންތީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމާއެކު، އެހެން ޤައުމުތަކުގެ ވެރިންނާ ބައްދަލުކުރައްވައި، މޫސުމީ ބަދަލުތަކާއި ދެޤައުމުގެ ގުޅުންތަކާ ބެހޭގޮތުން ވެސް މަޝްވަރާކުރައްވާނެއެވެ.
ކޮޕް31 އަކީ 1992 ވަނަ އަހަރު ވުޖޫދުކުރެވުނު ޔޫ.އެން.އެފް.ސީ.ސީ.ސީ މުޢާހަދާގެ ދަށުން ބާއްވާ 31 ވަނަ ސަމިޓެވެ. 2015 ވަނަ އަހަރު އެއްބަސްވި ޕެރިސް އެގްރީމެންޓް ވެސް އޮންނަނީ މި މުޢާހަދާގެ މައްޗަށް ބިނާކޮށްފައެވެ. ދުނިޔޭގެ ލީޑަރުންނާއި ވިޔަފާރިވެރިން، ސައިންސްވެރިން، ޒުވާނުން އަދި މަދަނީ ޖަމްޢިއްޔާތައް ބައިވެރިވާ މި ސަމިޓުގެ މަޤްޞަދަކީ، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ދުނިޔޭގައި ކުރެވޭ މަސައްކަތްތައް ހަލުވިކުރުމެވެ.
ކޮމެންޓު ފޮނުވާ