ކ. އަތޮޅު ރިސޯޓެއްގެ ފަޅުގައި ލޯންޗެއް ރޯވެ، ކެޕްޓަނަށް އަނިޔާ ވެއްޖެ

ކ. އަތޮޅު ރިސޯޓެއްގެ ފަޅުގައި ލޯންޗެއް ރޯވެ، ކެޕްޓަނަށް އަނިޔާ ވެއްޖެ

Author
އަހުމަދު
10 ނޮވެމްބަރ 2026 09:11
0

ކާފު އަތޮޅު ރިސޯޓެއްގެ ފަޅުގައި އޮތް ލޯންޗެއްގައި ރޭ ދަންވަރު ރޯވެ، އެ ލޯންޗުގެ ކެޕްޓަނަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ، މި ހާދިސާ ހިނގީ ރޭ ދަންވަރު 3:00 ހާއިރު ކަމަށާއި، އެ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ފަތިހު 5:30 ހާއިރު ކަމަށެވެ. ރޯވި ވަގުތު ލޯންޗުގައި ހުރީ 34 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށްވާ ކެޕްޓަން އެކަނި އެވެ.

އަލިފާނުގެ ސަބަބުން ކެޕްޓަންގެ ކަރާއި މޭމަތި ވަނީ ފިހިފަ އެވެ. އޭނާއަށް މިހާރު ފަރުވާދެމުންދަނީ އައިޖީއެމްއެޗްގަ އެވެ. ލޯންޗަށް ވެސް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާއާ ބެހޭގޮތުން ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.